Search Streamline Icon: https://streamlinehq.com

އެމްޑީޕީ އަތުން އައްޑޫ ސިޓީ ބީވެގެން ހިނގައްޖެ: ރައީސް ޔާމީން

Raees Yaameen Addoo City Feydhoo fenvaru Online

އެމްޑީޕީ އަތުން އައްޑޫ ސިޓީ ބީވެގެން ހިނގައްޖެކަން އެ ބޭފުޅުންނަށް ވެސް އެނގިވަޑައިގެންފި ކަމަށާއި، އެމްޑީޕީ އޮތީ ބޭރަށް ހިންގައިގެންފައި ކަމަށް އިދިކޮޅި އެއްމެބޮޑު ކޯލިޝަން ކަމުގައިވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ. އެމްނިކުފާނު މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން އައްޑުސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އައްޑޫ ސިޓީއަށް ވަޑައިގެން އައްޑޫސިޓީ ފޭދޫ ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ޔާމީން ވިދާޅުވީ މާލޭގައި ތިއްބެވި އެމަނިކުފާނުގެ ރަޙްމަތްތެރިން ފޮނުވާ މެސެޖުތަކުން އެކަން އިޙްސާސްވެ ވަޑައިގަންނަވާކަމުގަ އެވެ. އަދި އައްޑޫ ސިޓީން ރައީސް ޔާމީން އަށް ތާޢީދު ކުރައްވައި މަރުޙަބާ ދެންނެވުމަށް އެއްވެ ތިއްބެވި ބައިބޯ ލަޝްކަރު ފެނިވަޑައިގަތުމުން ޝައްކެއްވެސް ނެތްގޮތުގައި އައްޑޫ ސިޓީ އެބޭފުޅުން އަތުން ބީވެގެން ހިނގައްޖެކަން އެބޭފުޅުން ބޮޑުތަނުން އެނގިވަޑައިގަންނަވާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

އެކަމު އަޅުގަނޑަށް އަޅުގަނޑުގެ ރަޙްމަތްތެރިން މާލެއިން މި ފޮނުވާ މެސެޖުތަކުން އަޅުގަނޑަށް އިހްސާސްވޭ މި އޮތް…. ދެން އަޅުގަނޑު ހަމަ ދަންނަވާނީ ބޭރަށް ހިންގައިގެންފައޭ މި އޮތީ. ހަމަ ލޫސް މޯޝަން އިންތިހާއަށް. އެ ބޭފުޅުންނަށް މި އަދަދުތައް ފެނުނު. އެ ބޭފުޅުންނަށް ފެނޭ އެ ބޭފުޅުންގެ ރައީސް ވަޑައިގަތީމަ މެހެމާންދާރީ ކިޔާ ގޮތްވެސް. މި ހުރިހާ ހިފެހެއްޓުމަކާ އެކީވެސް އަޅުގަނޑާއި އަޅުގަނޑުގެ ޓީމަށް ތިޔަ ވިދާޅުވި މަރުޙަބާއިން ހަމަ ޝައްކެއްވެސް ނެތްގޮތުގައި އެ ބޭފުޅުންނަށް ބޮޑުތަނުން އެނގިވަޑައިގަންނަވާ ކަންނޭނގެ އައްޑޫ ސިޓީ އެ ބޭފުޅުން އަތުން ބީވެގެން ހިނގައްޖެކަމަށް.“ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ވެރިކަމުގެ އިތުރު ދައުރެއް ލިބިވަޑައިގެންފިނަމަ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ދަރަނިތައް ފިލުވުން ކަމުގަ އެވެ. އޭގެފަހުގައި ދެން އެންމެ އިސްކަމެއް ދެއްވާނީ ޒުވާނުންގެ ޙާލަތު ރަނގަޅު ކުރެއްވުމަށް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އެގޮތުން ޒުވާނުންގެ ޙާލަތު ރަނގަޅު ކުރުމަށް އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އޮންނާނީ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދީ އާމްދަނީ ހޯދޭނެ ގޮތެއް އޮތުން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

1 ކޮމެންޓް

  1. ތީ ހީއެއް. އެމްޑީޕީ ކުލަ ގައި ހޭކިއްޖެ މީހަކު އެޕާރޓީ ދޫކޮއްނުދާނެ އަދި ދިޔަސް ބޭރުފުށުން ހިގައިދާނެ. ހިތް އޮންނާނީ ހަމަ އޮތްތަނުގަ.

Leave a Reply

Your email address will not be published. Required fields are marked *