Search Streamline Icon: https://streamlinehq.com

ސުޕާރީ ފުކެއް ތާށިވެ ކުއްޖެއްގެ ފުއްޕާމޭގެ އެއްފަޅި ބަންދުވެއްޖެ

Supari

ސުޕާރީ ފުކެއް ތާށިވި އަންހެން ކުއްޖެއްގެ ފުއްޕާމޭގެ އެއްފަޅި ބަންދުވެއްޖެއެވެ.

ފުއްޕާ މޭގައި އިންފެކްޝަން އުފެދި ފެން ހެދިގެން ޑޮކްޓަރަށް ދެއްކި ޒުވާން އަންހެން ކުއްޖެއްގެ ފުއްޕާ މޭގެ އެއްފަޅި ބަންދުވެފައިވާކަމަށް އައިޖީއެމްއެޗްގެ ފުއްޕާމޭގެ ހާއްސަ ޑޮކްޓަރ، ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ޑރ.މުހައްމމަދު އިިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދާދި ފަހުން ޑޮކްޓަރަށް ދެއްކި ޒުވާން އަންހެން ކުއްޖެއްގެ ފުއްޕާމޭގެ ކަނާތްފަޅި ބަންދުވެފައިވަނީ ސުޕާރީ ފުކެއް ތާށިވުމާއި ގުޅިގެން ކަމަށެވެ. އަދި އެ ކުއްޖާގެ ބުރޯންކޮސްކުޕީއެއް ހެދުމުން ފެނުނީ ފުއްޕާމޭގައި ސުޕާރީފުއްތަކެއް ތާށިވެފައި ވަނިކޮށް ކަމަށް ޑރ. މުހައްމަދު އިސްމާއީލް ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ޑޮކްޓަރު ސުވާލުކުރުމުން އެކުއްޖާ ބުނެފައިވަނީ އޭނާއަކީ ވަރަށް ގިނައިން ސުޕާރީ ކައި އުޅޭ ކުއްޖެއް ކަމަށެވެ.

ސުޕާރީފުއްތަކެއް ފުއްޕާމޭގައި ތާށިވުމުގެ ސަބަބުން ފުއްޕާމޭގެ ކަނާތްފަޅި ވަނީ ބަންދުވެފައެވެ.

ސުޕާރީ އާއި ފޯކަކީ ދިވެހިންގެ ވަރަށް އާންމުކޮށް ކައި އުޅޭ އެއްޗެކެވެ. އޭގެން އެތައް ގެއްލުމެއް ހަށިގަނޑަށް ލިބޭކަން ސިއްޚީ މާހިރުން ބުނަމުން ދިޔަނަމަވެސް މިހާރުގެ ޒުވާނުންގެ މެދުގައިވެސް ސުޕާރީ އާއި ފޯކަކީ ވަރަށް އާންމު އެއްޗެކެވެ. ކޮފީއަކަށް ދިޔަޔަސް ވަރަކަށް ދުފާލާފައި ނޫނީ ނުދާނެއެވެ. ފިހާރައަކަށް ވަނިއްޔާ ކިތަންމެ އަގުބޮޑޫކޮށް ގަންނަން ޖެހުނަސް ސުޕާރީ ޕެކެޓެއް ނުވަތަ ފުޅިއެއް ގަނެގެން ނޫނީ ނުދާނެއެވެ. ސުޕާރީ އާއި ފޯއް ކެއުމުގެ ސަބަުން ފުއްޕާމޭ ބަލިކަށިވުމާއި، އަނގައިގެ ބަލިތައް އަދި ކެންސަރުޖެހުމަށްވެސް މަގުފަހިވެގެންދެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *