Search Streamline Icon: https://streamlinehq.com

ދުވާފަރު ހުރިހާ ކައުންސިލަރުން ގޭގަ މަޑުކުރަން އަންގައިފި

Dhuvaafaru Council

ދުވާފަރު ކައުންސިލުގެ ހުރިހާ މެންބަރުން ސަސްޕެންޑުކުރަން އެލްޖީއޭ އިން ނިންމައިފި އެވެ. މިގޮތައް ނިންމާފައިމިވަނީ އެކައުންސިލްގެ ޚިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެންނެވެ. ދުވާފަރު ކައުންސިލްގެ ހަ މެންބަރުން ސަސްޕެންޑުކުރުމަށްފަހު ކައުންސިލް ހިންގުން ވަގުތީގޮތުން ހަވާލުކޮށްފައިވަނީ އެކައުންސިލްގެ ސެކްރެޓެރީ ޖެނެރަލްގެ މަގާމުގައި ހުންނަވާ މުޙައްމަދު ނާސިހުއާއެވެ.

ދުވާފަރު ކައުންސިލަށް ތުހުމަތުވާ ވައްކަމުގެ މައްސަލަ ހާމަވީ އެލްޖީއޭ އިން އެކުލަވާލި ރިޕޯޓަކުންނެވެ. އެރިޕޯޓުން ހާމަވި ގޮތުގައި އެކައުންސިލާއި ޑަބުލިޔުޑީސީން ވަނީ މާލީކަންކަމާއި ގުޅުންހުރި އެހެނިހެން ގާނޫނުތަކާއި ސިވިލްސާވިސް ގަވައިދުތަކާއި ހިލާފަށް އަމަލު ކޮށްފައެވެ. އަދި ހަމައެހެންމެ ކައުްނސިލަރުންގެ ޒިންމާތަކާއި ވާޖިބުތައް އަދާކުރުމުގައި ފަރުވާކުޑަކުރާ ކަމަށާއި، ކައުންސިލުން ބަލަކައްޓަންޖެހޭ އެއްވެސް ލިޔެކިޔުމެއް ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް ބަލަހައްޓަމުން ނުގެންދާކަންވެސް އެލްޖީއޭ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ދުވާފަރު ކައުންސިލްގެ ޚިޔާނާތުގެ މައްސަލަތައް ފެންމަތިވެފައިވަނިކޮށް އެކައުންސިލްގެ 7 މެންބަރުންގެ ތެރެއިން ކައުންސިލަރު އަޙުމަދު ސަމޫހު އިސްތިއުފާ ދެއްވާފައިވެއެވެ. އޭނާ އިސްތިއުފާ ދެއްވުމުން ހުސްވި ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އަންނަ މަހުގެ 24ވަނަ ދުވަހުގައި އޮންނާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *