Search Streamline Icon: https://streamlinehq.com

ވަރުގަދަ ފުރާންސް ޓިއުނީޝިޔާ އަތުން ބަލިވެއްޖެ

WCup Tunisia France Soccer

ގުރޫޕް ސްޓޭޖް ފަހުމެޗުގައި ފުޓްބޯޅައިގެ ވަރުގަދަ އެއްބާރުކަމުގައިވާ ފުރާންސް ޓިއުނީޝިއާ އަތުން ބަލިވެއްޖެއެވެ.

މިހާރު ގަތަރުގައި ކުރިޔަށްދާ ވޯލްޑްކަޕްގައި ދެވަނަ ބުރަށް އެންމެ ފުރަތަމަ ކޮލިފައި ވެފައިވަނީވެސް ފުރާންސް އެވެ. އެހެންކަމުން ގުރޫޕް ސްޓޭޖުގެ ފަހު މެޗްގައި ޓިއުނީޝިއާ އާއި ދެކޮޅަށް ފުރާންސް އިން ނެރުނީ ބެންޗު ޓީމެވެ.

މެޗްގެ ފުރަތަމަ ހާފްގައި ޓިއުނީޝިއާގެ ކުޅުން ފުރާންސަސް ވުރެ ރަގަޅެވެ. ގިނަވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް ވަނީ އުފައްދާފައެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުނީ 0-0 ން ނެވެ.

ދެވަނަ ހާފް ފަށައިގެން ވެސް ޓިއުނީޝިއާއިން ރަގަޅު ކުޅުމެއް ދައްކަމުންދިޔައެވެ. ނަތިޖާއެއްގެ ގޮތުން މެޗްގެ 58 ވަނަ މިނެޓްގައި ގޯލްޖަހާ ލީޑް ނެގިއެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ވަހްބީ ހަރްޒީއެވެ. މިއީ ފުރާންސް ގެ ޑިފެންސްލައިން ފޫއަޅުވާލާ އޭރިއާތެރެއަށްވަދެ ޖެހި ގޯލެކެވެ.

ޓިއުނީޝިޔާގެ ގޯލާއި އެކު ފުރާންސް ގެ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނެއެވެ. އެގޮތުން އެމްބާޕޭ، ގްރޭސްމަން ކުޅެން ނެރުނެވެ. އެއާއި އެކު ފުރާންސްގެ ކުޅުން ރަގަޅުވެ ޓިއުނީޝިޔާގެ ގޯލަށް ނުރައްކާކުރަންފެށިއެވެ. ނަތީޖާއެއްގެ ގޮތުން މެޗްގެ އިތުރު ވަގުތުގެ އެންމެ ފަހުވަގުތުކޮޅުގައި ގްރީޒްމަން ގޯލެއް ކާމިޔާބުކުރިއެވެ. ނަމަވެސް ފަހުން ރެފްރީ ނިންމެވީ އެއީ އޮފްސައިޑް ގޯލެއްކަމަށެވެ.

މި މެޗުން ފުރާންސް ބަލިވިނަމަވެސް ގުރޫޕްގެ އެއްވަނަ ލިބިފައިވަނީ ފުރާންސް އަށެވެ. ދެވަނަ އޮސްޓްރޭލިޔާ ، އަދި ތިންވަނައިގައި ޓިއުނީޝިއާ އޮތްއިރު ގުރޫޕްގެ ފުލުގައި އޮތީ ޑެންމާކް އެވެ.

 

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި