މޯލްޑިވްސް ކަރެކްޝަން ސަރވިސް (އެމްސީއެސް)ގެ އެދުމުގެ މަތިން ފުލުހުން މާފުށީ ޖަލު ބަލައި ފާސްކުރަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވާ ގޮތުގައި ރޭ ފެށިގެންދިޔަ މިއޮޕަރޭޝަނަކީ ޖަލަށް މަނާ ތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރެރިޒަމަށް މަގުފަހިވާ ޢަމަލުތައް ހިންގާކަމަށް ލިބިފައިވާ މައުލޫތުތަކާ ގުޅިގެން މޯލްޑިވްސް ކަރެކްޝަން ސަރވިސްއިން އެދިވަޑައިގަތުމުން ކުރަމުން ގެންދާ މަސައްކަތެއް ކަމަށެވެ.
ޖަލަށް މަސްތުވާތަކެއްޗާއި ވެއްދުން މަނާ ތަކެތި ވަގަށް ވެއްދުމަކީ ދޭތެރެއަކުން ހިގާ ކަމެކެވެ. ދާދި ފަހުންވެސް ކަރެކްޝަންސްގެ އޮފިސަރެއް ޖަލަށް ވެއްދުން މަނާ ތަކެތި ޖަލަށް ވައްދަނިކޮށް މަސްތުވާތަކެއްޗާއި އެކު ވަނޫ ހައްޔަރުކުރެވިފައެވެ.
ޖަލަށް މަނާ ތަކެތި ވެއްދުން ހުއްޓުވުމަށް ކަރެކްޝަންސް އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޖަލުތައް ބަލައި ފާސްކުރުމާއި ޖަލަށް ވައްދާ ތަކެތި ޗެކްކޮށް ގިަ އޮޕަރޭޝަންތައް ދަނީ ހިންގަމުންނެވެ.









