ފީފާ ވޯލްޑްކަޕް ކުއާޓާ ފައިނަލްގައި މިރޭ ޕޯޗުގަލް، މޮރޮކޯ ކުރިމަތިލުން މޮރޮކޯ ކާމިޔާބުކޮށްފިއެވެ.
ޤަތަރުގެ އަލްތުމާމާ ސްޓޭޑިއަމްގައި ކުޅުނު މި މެޗް މޮރޮކޯ މާކިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.
މެޗްގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައެވެ. ދެޓީމަށްވެސް ގޯލް ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން މެޗްގެ 38 ވަނަ މިނެޓްގައި މޮރޮކޯގެ ގޯލް އޭރިއާ ބޭރުން ޕޯޗުގަލްގެ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލަށް އަމާޒުނުވެ މާ ބޭރުންނެވެ.
މެޗްގެ ފުރަތަމަ ގޯލްޖެހާ ލީޑް ނެގީ މޮރޮކޯއިންނެވެ. މިއީ ޕޯޗުގަލްގެ އޭރިއާ ބޭރުން ގޯލު ކުރިމަށްޗަށް ނަގައިދިން ހުރަހެއް ޔޫސުފް ނަސީރިގެ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކުރި ގޯލެކެވެ. އެއާއިއެކު ޕޯޗުގަލްގެ ކުޅުން ރަގަޅު ކުރިއެވެ. ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ގޯލަށް އަމާޒުވާގޮތެއް ނުވިއެވެ. މެޗްގެ 45 ވަނަ މިނެޓްގައި މޮރޮކޯ ގޯލް އޭރިއާގެ ބޭރުން ޕޯޗްގަލްގެ ފެނާންޑަސް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ މޮރޮކޯގެ ގޯލް ގެ މަތީ ދަނޑިއަށެވެ. މެޗްގެ ލީޑް ފުޅާކުރުމަށް އިތުރުވަގުތުގައި މޮރޮކާއަށް ރަނުގެ ފުރުސަތު ވީ ބޭކާރެވެ.
ދެވަނަ ހާފް ފަށައިގެން ޕޯޗްގަލް އިން ރަގަޅު ކުޅުމެއް ދެއްކިއެވެ. އެގޮތުން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލުކޮށް ކުޅެމުން ދިއައެވެ. ނަމަވެސް ކައުންޓް އެޓޭކެއްގައި މޮރިކޯގެ ހަކީމީ ހުއްޓުވަން ޕޯޗްގަލްގެ ގޯލް އޭރިއާ ބޭރުން ޕެޕޭ ކުރި ފައުލަކަށް ރެފްރީ ދިން ހިލޭޖެހުން ޒިޔަތު ފޮނުވާލި ބާރު ހަމަލާ ދިފާއުކުރީ ޕޯޗުގަލްގެ ކީޕަރެވެ.
މެޗްގެ ފަހު ވަގުތުކޮޅުގައި ޕޯޗުގަލް އިން މޮރޮކޯގެ ގޯލަށް ފުލުފުލުގައި ޕްރެޝަރ ކުރަމުންދިއައެވެ. އެގޮތުން ނުރައްކާތެރި ދެ ހަމަލާއެއް ގެ ހުރަހަކަށްވީ މޮރޮކޯގެ ގޯލްކީޕަރ ޔާސީން އެވެ.
މި ދެޓީމުގެ ބައްދަލު ކުރުންތަކަށް ބަލާއިރު މިއީ މި ދެޓީމް ބައްދަލުކުރާ ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ މި ދެޓީމު ކުރިމަތީ 1986 ވަނަ އަހަރު ވޯލްޑްކަޕް ގުރޫޕް ސްޓޭޖް ގައެވެ. އެ މެޗް މޮރޮކޯ ކާމިޔާބުކުރި އިރު އޭގެ ފަހުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުރިމަތިލުން ކާމިޔާބު ކުރީ ޕޯޗްގަލް އެވެ. މި މޮޅާއި އެކު މޮރޮކޯ މޮލުގެ ގޮތުންވެސް ޕޯޗުގަލް އަސްވުރެވެސް ކުރި ހޯދައިފިއެވެ.














