Search Streamline Icon: https://streamlinehq.com

އަލިފާނުގެ ހާދިސާގައި ގިނަ ބަޔަކަށް އަނިޔާވެއްޖެ

Alifaanuge haadhisaa fenvaruonline

ގުޅީފަޅުގައި ހުންނަ އެކޮމޮޑޭޝަން ބްލޮކެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި މިހާތަނަށް 76 މީހަކަށް އަނިޔާވެފައިވާކަމަށާއި، އޭގެތެރެއިން 6 މީހަކަށް ސީރިއަސް އަނިޔާ ލިބިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

މި އެކޮމޮޑޭޝަން ބްލޮކަކީ ތިލަމާލެ ބްރިޖު މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މީހުން ތިބޭ ތަނެކެވެ.

ގުޅިފަޅުގައި ހުންނަ ވިލިމާލެ ބްރިޖް މަސައްކަތްކުރާ މީހުންގެ އެކެމަޑޭޝަން ބްލޮކުގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލާފައިވަނީ ރޭ މެންދަމުން އަލިވި ފަހުންނެވެ.

އެމްއެންޑީއެފް އިން ހާމަކުރެއްވި ގޮތުގައި މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ ރޭ ދަންވަރު 00:31 ހާއިރުއެވެ. ހާދިސާގެ ރިޕޯޓް ލިބުމާއެކު އެފްއާރުއެސްގެ ފަޔަރމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިގޮތުން އެފްއާރުއެސްގެ ފަޔަރމަނުން ކުރި މަސައްކަތުން އެތަނުގައި ރޯވި އަލިފާން ނިއްވާލެވިފައި ވަނީ ރޭ މެންދަމުން އަލިވެ 01:52 ހާއިރުއެވެ. އަލިފާނުގެ ޙާދިސާގައި އެކެމަޑޭޝަން ބްލޮކްވަނީ އެއްކޮށް އަނދާހުލިވެފައެވެ.

މި ޙާދިސާގައި 13 މީހަކު އައިޖީއެމްއެޗް ހޮސްޕިޓަލަށް އަދި 60 މީހުން ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދެވިފައިވެއެވެ. މި އަލިފާނުގެ ޙާދިސާގައި އެއްވެސް މީހެއްގެ ފުރާނަޔަށް ގެއްލުމެއްލިބިފައެއް ނުވެއެވެ.

މި އެކެމަޑޭޝަން ބްލުގައި 465 މީހުން ދިރިއުޅޭކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *