Search Streamline Icon: https://streamlinehq.com

ގަމު ކައުންސިލްގެ ނައިބުރައީސް ކަމަށް އައްޑޯ އިންތިޚާބު ކޮށްފި

Addo Naibu Raees

ހައްދުންމަތީ(ލ.) ގަމު ކައުންސިލުން ހުސްވެފައިވާ ނައިބުރައީސްކަމުގެ މަޤާމަށް ގަމު ކައުސިލް މެމްބަރ ޢަބްދުﷲ އާޞިފް(އައްޑޯ) އިންޚާބު ކުރައްވައިފި އެވެ.

ލ.ގަމު ކައުންސިލްގެ ނައިބު ރައީސް ކަމަށް އައްޑޯ އިންތިޚާބު ކުރައްވާފައި ވަނީ ގަމު ކައުންސިލްގެ ނައިބު ރައީސްގެ މަޤާމު ފުރުއްވަމުން ގެންދެވި ކައުންސިލް މެމްބަރ އިބްރާޙީމް ރަޝީދު ނައިބު ރައީސްކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ނައިބުރައީސަކު އިންތިޚާބު ކުރެއްވުމަށް މިއަދު ނެގި ވޯޓުން ކައުންސިލަރ ޢަބްދުﷲ ޢާޞިފް ނައިބު ރައީސް ކަމަށް ހޮވިވަޑައިގަތުމާއި ގުޅިގެންނެވެ.

”ފެންވަރުއޮންލައިން“ އަށް މައުލޫމާތު ދެއްވައުން ގަމު ކައުންސިލް މެމްބަރަކު ނަން ނުޖެހުމަށް ޝަރުޠުކޮށް ވިދާޅުވީ ޢަބްދުﷲ އާޞިފަކީ ނައިބު ރައީސް ކަމުގެ މަޤާމަށް ވަރަށް ޤާބިލް ބޭފުޅެއް ކަމުގައެވެ. އަދި ކައުންސިލްގެ ކޮންމެ ކަމެއްގައިވެސް އަމިއްލަފުޅަށް ޒިންމާ ނަންގަވާ ބޭފުޅެއް ކަމަށާއި، ރަށުގެ ކުރިމަގު އުޖާލާ ކުރުމަށްވެސް އިސް ނަންގަވައިގެން މަސައްކަތް ކުރައްވާ ހަރުދަނާ ޤާބިލް ޒުވާނެއް ކައުގައިވެސް ވިދާޅުވި އެވެ.

”ފެންވަރު އޮންލައިން“ އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި، މަޢުލޫމާތު ޙިއްޞާ ކުރައްވަމުން ނައިބުރައިސް އައްޑޯ ވިދާޅުވީ އައްޑޯގެ ނައިބު ރައީސް ކަމުގައި ވަކި އަވަށެއް ވަކި ފަރުދެއް ތަފާތު ކުރުމެއް ނެތި ހުރިހައި ފަރާތަކަށް ހަމަހަމަ އުސޫލަކުން ކަންކަން ނިންވައިދެއްވުމަށް ގަދައަޅައި މަސައްކަތް ކުރައްވާނެ ކަމުގަ އެވެ. އަދި ގަމަކީ 4 އަވަށަކަށް ބެހިފައިވާ ބިން ބޮޑު ރަށަކަށް ވުމުން ކުދި ރައްރަށުގައި ކަންކަން ނިންމާހައި ފަސޭހައިން ކަންކަން ނިންމުމުގައި ގޮންޖެހުންތަކާއި ކުރިމަތި ވާކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

”ގަމަކީ ބޮޑު ރަށެއް. މިރަށް މި އޮންނަނީ 4 އަވަށަކަށް ބެހިފައި. މިހެން އޮންނައިރު ކަންކަން ކުރުމުގައި ގޮންޖެހުންތަކާ ކުރިމަތިވޭ. މިސާލަކަށް ކުޑަކުދިންގެ ޕާކެއް އެޅިޔަސް 4 ޕާރކު އަޅާން ޖެހޭނެ. ފުޓްސަލް ދަނޑެއް ހެދިޔަސް އަދި މިނޫން ކަމެއް ކުރިޔަސް 4 އަވަށަށް ތަފާތު ނުވާ ގޮތައް ހުރިހައި އަވަށަކަށް ހަމަހަމަ އުޞޫލުން ކަންކަން ކޮށްދޭން އެބަޖެހޭ. މިފަދަ ކަންކަމުގައި ބައެއް ފަހަރު ގޮންޖެހުންތަކާއި ކުރިމަތިލާން ޖެނޭ. ނަމަވެސް ކުރިމަގުގައި މިފަދަ ކަންކަން ހައްލުކުރުމަށް އަޅުގަނޑަށް ކުރެވެން ހުރި ހުރިހައި މަސައްކަތެއް ކޮށްދޭނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވަން“ ގަމު ކައުންސިލްގެ ނައިބު ރައީސް ޢަބްދުﷲ އާޞިފް ( އައްޑޯ) ވިދާޅުވި އެވެ.

އައްޑޯ އަކީ ވަކި ފަންތިއަކަށް ގިންތިއަކަށް ނުބަލައި ހުރިހައި ޢުމުރެއްގެ ދެޖިންސުގެ މީހުންނާއި ވެސް ގާތް ގުޅުމެއް ބާއްވާ ޒުވާނެކެވެ. ރަށުގެ ކުޅިވަރާއި ތަރައްޤީގެ ކަންކަމުގައިވެސް އައްޑޯ އަކީ ކައުންސިލަށް އިންތިޚާބު ވުމުގެ ކުރިންވެސް އިސް ސަފުގައި މަސައްކަތް ކުރައްވާ ހީވާގި ޒުވާނެއްކަން ފާހަގަ ކުރެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *