Search Streamline Icon: https://streamlinehq.com

ޔޫރޯ 2024 ކޮލިފައިންގ: ކެޕްޓަން އެމްބާޕޭގެ ފުރާންސް ބޮޑު ތަފާތަކުން ނެދަލޭންޑްސް ބަލިކޮށްފި

Embape

އަންނަ އަހަރު ފެށުމަށް ތައްޔާރުވަމުންދާ ’ޔޫރޯ 2024‘ ކޮލިފައިންގެ ގްރޫޕް ބީގެ ފުރަތަަމަ މެޗް ކާމިޔާބުކޮށް ފުރާންސް ހިނިތުންވެލައިފި އެވެ. ގްރޫޕް ބީގެ ފުރަތަމަ މެޗުން ފްރާންސް ފުރިހަމަ މޮޅެއް ހޯދާފައިމިވަނީ އަމިއްލަ ދަނޑުގައި ވަރުގަދަ ނެދަލޭންޑްސް 4-0 ގެ ނަތީޖާއަކުން ބަލިކޮށްފަ އެވެ.

ފުރާންސުން ރޭ ކާމިޔާބުކުރި މި މެޗުގެ ފުރަތަަމަ 10 މިނެޓުގެ ތެރޭގައި އެ ޓީމުންވަނީ ދެ ލަނޑުގެ ލީޑެއް ނަގައި ހިންދަމާލާފަ އެވެ. ފުރާންސްގެ ފުރަތަަމަ ލަނޑު އެޓީމަށް ކާމިޔާބުވީ ޒުވާން ކެޕްޓަން އެމްބާޕޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މެޗުގެ ދެވަނަ މިނެޓުގަ އެވެ.

މި ލަނޑު ފުރާންސަށް ކާމިޔާބުކޮށްދިނީ އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް ގްރިސްމަން އެވެ. ފުރާންސުން އާދަޔާ ޚިލާފް މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ދެވަނަ ލަނޑު އޭގެ ހަމިނެޓު ފަހުން އެޓީމަށް ކާމިޔާބުކޮށްދިނީ ބަޔާން މިއުނިކްގެ ޑިފެންޑަރު ދަޔޯޓް އަޕަމެކާނޯ އެވެ.

ނެދަލޭންޑްގެ މެމްފިސް ޑިޕޭ ޕޮނުވާލި ޕެނަލްޓީ ފްރާންސްގެ ކީއްޕަރު ވަނީ ދިފާއުކޮށްފަ އެވެ. މިދިޔަ އަހަރު ނިމިގެންދިޔަ ވޯލްޑް ކަޕް ފައިނަލުގައި ޕެނަލްޓީޖަހައިގެން އާޖެންޓީނާ އަތުން ބަލިވި ފުރާންސުން ގިނަ ލަނޑުތަކެއް ފެނިގެން ދިޔަ މިމެޗުގެ ތިންވަނަ ލަންޑު ފުރަތަަމަ ހާފުގެ 21 ވަނަ މިނެޓުގައި، ރިއާލް މެޑްރިޑްގެ މިޑްފީލްޑަރ ޗުއަމެނީ ތަނަވަސްކޮށްދިން ފުރުޞަތެއްގައި ފުރާންސަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ހުނަރުވެރި ކެޕްޓަން އެމްބާޕޭ އެވެ.

ފުރަތަމަ ހާފުގެ ގިނަވަގުތު ނެދަލޭންޑްގެ ހިމާޔަތުގައި ބޯޅަ ގެންގުޅުން ނަމަވެސް އެޓީމަށް ވަނީ ގޯލެއް ކާމިޔާބު ކުރުމުގެ ނަޞީބު ނުލިބިފަ އެވެ.

ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ޕެނަލްޓީޖަހައިގެން އާޖެންޓީނާ އަތުން ބަލިވި ނެދަލޭންޑްސް އިން ދެވަނަ ހާފުގައި އެޓީމުގެ ކުޅުން ރަނގަޅުކޮށް ފުރާންސްގެ ފަހަތައް ބާރުބޮޑުކުރަމުން ދަނިކޮށް ފުރާންސް އިން އިތުރު ލަނޑެއް ކާމިޔާބު ނަތީޖާގެ ފަރަގު ބޮޑުކުރި އެވެ.

މެޗުގެ ދެވަނަހާފުގައި ފުރާންސުން އިތުރު ލަނޑެއް ޖަހައި މެޗުގެ ލީޑު ފުޅާކުރިއެވެ. 88 ވަނަ މިނެޓުގައި ފުރާންސަށް މި ލަނޑު ކާމިޔާބު ކޮށްދިނީވެސް މެޗުގައި މޮޅު ކުޅުމެއްދެއްކި އެޓީމްގެ ކެޕްޓަން އެމްބާޕޭ އެވެ. މިއީ ޕީއެސްޖީގެ ހުނަރުވެރި ފޯވާޑް އެމްބާޕޭ ޤަޢުމީ ޓީމަށް ކުޅުނު 67 ވަނަމެޗުގައި ކާމިޔާބު ކޮށްދިން 38 ވަނަ ގޯލްއެވެ.

ރޭގެ މެޗުގައި ނެދަލޭންޑްސް އަށް ގޯލެއް ޖަހަން ލިބުނު ހަމައެކަނި ރަނުގެ ފުރުޞަތު، އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީވެސް ކާބިޔާބުވާގޮތެއް ނުވި އެވެ.

ނެދަލޭންޑްސް އިން ގިނަ ވަގުތު ބޯޅަ ގެންގުޅެ، 11 ޝޮޓް ހެދިނަމަވެސް ގޯލާއި ދިމާވެފައިވަނީ ހަމަ އެންމެ ފަސް ބޯޅަ އެވެ. ނަމަވެސް ފުރާންސުން 12 ޝޮޓްހަދައި 8 ބޯޅަ ގޯލާއި އަމާޒުކުރި އިރު 4 ލަނޑުވަނީ ކާމިޔާބު ކޮށްފަ އެވެ.

ރޭޣެ މެޗުގައި ނެދަލޭންޑްސް އަށް 6 ކޯނަރު ލިބުނު އިރު އެޓީމުންވަނީ 14 ފައުލްކޮށްފައެވެ. ނަމަވެސް ފުރާންސަށް 3 ކޯނަރު ލިބުނު އިރު އެޓީމުން 12 ފައުލްކުރިކަން ފާހަގަކުރެވެއެވެ.

ޔޫރޫ 2024 ކޮލިފައިންގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު، ބެލްޖިއަމް ސްވިޑްން 3-0 މެޗް ބެލްޖިއަމްވަނީ ކާމިޔާބު ކޮށްފަ އެވެ. ބެލްޖިއަމް ޓީމަށް ތިން ލަނޑު ކާމިޔާބުކޮށްދިން ރޮމެލޫ ލުކާކޫ ވަނީ މި މެޗުގައި ހެޓްރިކް ހަދާފަ އެވެ. ޗެކް ޕލެންޑައި ރިޕަބްލިކް ބައްދަލްކުރިމެޗުން 3-1 އިން ޕޮލެންޑް ބަލިކޮށްފައިވާއިރު، އަޒަރުބައިދާން އާއި އޮސްޓްރިއާ ބައްދަލްކުރިމެޗް 4-1 އިން އޮސްޓްރިއާ ވަނީ ކާމިޔާބު ކޮށްފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި