Search Streamline Icon: https://streamlinehq.com

އިނގުރައިދޫގައި 76 މިލިއަން ރުފިޔާގެ ޞިއްޙީ މަރުކަޒެއް ޢިމާރާތްކުރަނީ

Inguraidhoo

ރ. އިނގުރައިދޫގައި 76 މިލިއަން ރުފިޔާގެ ސިއްޙީ މަރުކަޒެއް ޢިމާރާތްކުރުމަށް ކުންފުންޏަކާއި ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ޙަވާލުކުރައްވާފައިވަނީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑް އާއި އެވެ. މިކަމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓަރީގެ ސީނިއަރ އެގްޒެކެޓިވް ޑައިރެކްޓަރ ޢަބްދުލް ޙަންނާނު ޙުސައިން އެވެ. ޑުޕްލެކްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަސްލަމް އެވެ.

އިނގުރައިދޫ ޞިއްޙީ މަރުކަޒު ތަރައްޤީ ކުރުމުގެ މި މަސައްކަތް ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރައްވާފައި ވަނީ 540 ދުވަހުން މަސައްކަތް ނިންމާގޮތަށް ކަމަށާއި، މި މަޝްރޫޢަށް ޖުމްލަ 76.86 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށްވެސް ހެލްތު މިނިސްޓްރީން ވިދާޅުވެ އެވެ.

އިނގުރައިދޫ ޞިއްޙީ މަރުކަޒަކީ މިހާރުވެސް 24 ގަޑިއިރު ޚިދުމަތް ދެމުން ގެންދާ މަރުކަޒެކެވެ. 

Leave a Reply

Your email address will not be published. Required fields are marked *