Search Streamline Icon: https://streamlinehq.com

ގަމާއި ފޮނަދޫގައި ލަގްޒަރީ ދެ ހޮޓާ ޢިމާރާތްކުރަން ނިންމައިފި

Laamu Gan

ހައްދުންމަތީ ގަމާއި ފޮނަދޫގައި ލަގްޒަރީ ދެ ހޮޓާ ޢިމާރާތްކުރާނެ ދެބިން ހޯދުމުގެ ހުއްދައަށް އެދި ފުޅާދާއިރާއެއްގައި ޓޫރިޒަމްގެ ވިޔަފާރިކުރައްވާ ޗަންޕާ މުހައްމަދު މޫސާ (އުއްޗު) ގަމާއި ފޮނަދޫ ކައުންސިލަށް ހުށަހަޅުއްވާފައިވައިފި އެވެ.

”ފެންވަރު އޮންލައިން“ އަށް މަޢުލޫމާތު ދެއްވަމުން ހައްދުންމަތީ ގަން ކައުންސިލްގެ ނައިބް ރައީސް ޢަބްދުﷲ އާޞިފް(އައްޑޯ)ވިދާޅުވީ ގަމު ރައްޔިތުންނަށް ޙިއްސާ ވާގޮތަށް ގަމުގައި ލަގްޒަރީ ހޮޓަލެއް އިމާރާތްކުރާނެ ބިމެއް ހޯދުމުގެ ހުއްދައަށް އެދި ޗަންޕާ މުޙައްމަދު މޫސާ، ގަމު ކައުންސިލުގައި އެދިލައްވާފައި ވާކަމުގަ އެވެ.

ނާއިބު ރައީސް އައްޑޯ ވިދާޅުވީ ކައުންސިލުން އެކަމާ ވިސްނަމުން ގެންދަވާ ކަމަށާއި، ކައުންސިލުން ވަކި ގޮތަކަށް ނިންމާނީ ސީދާ ރައްޔިތުންގެ ބަހެއް ލިބިލެއްވުމަށްފަހުގައި ކަމުގައެވެ.

”ގަމު ރައްޔިތުންނަށް ހިއްޞާ ވާގޮތަށް ގަމުގައި ލަގްޒަރީ ހޮޓަލެއް ބިނާކުރުމުގެ ހުއްދައަށް އެދި ޗަންޕާ މުޙައްމަދު މޫސާ ވަނީ މި ކައުންސިލަށް ހުށަހަޅުއްވާފަ. އަޅުގަނޑުމެން މިދަނީ އެކަމާ ވިސްނަމުން. އެންމެ ފުރަތަމަ ގަމު ރައްޔިތުންނާއި ބައްދަލް ކޮށްފަ ރައްޔިތުން އެދިލަވަނީ ކޮންގޮތަކަށްތޯ ބަލާފަ ރައްޔިތުންގެ އަޤުލަބިއްޔަތު ލިބޭގޮތަކަށް އަޅުގަނޑުމެން ކަން ނިންމާނީ“ ހައްދުންމަތީ ގަން ކައުންސިލުން ހުސްވެފައިވާ ނައިބުރައީސްކަމުގެ މަޤާމަށް ގަމު ކައުސިލް މެމްބަރ ޢަބްދުﷲ އާޞިފް(އައްޑޯ) ވިދާޅުވި އެވެ.


ހައްދުންމަތީ ގަމާއި ފޮނަދޫއާއި ދެރަށޫގައި ވަކިވަކިން ދެ ހޮޓާ ބިނާކުރުމަށް ދެ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ޗަންޕާ މުޙައްމަދު މޫސާ ވިދާޅުވެފައިވަނީ ރައްޔިތުންނާއި ބައިވެރިވެގެން އެދެރަށުގައި ލަގްޒަރީ 2 ހޮޓާ އެޅުމަށް ސައުގުވެރިވެ ވަޑައިގަންނަވާ ކަމަށާއި، އެކައުންސިލުތަކުން ސައުގުވެރިވެ ވަޑައިގަންނަވާ ނަމަ އެކަން ލިޔުމަކުން މުހައްމަދު މޫސާގެ އިދާރީ އޮފީހަށް އެންގެވުމަށް އެދިލައްވާކަމުގަ އެވެ.

އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ޓުވަރިޒަމްގެ ވިޔަފާރިކުރައްވާ ޗަންޕާ މުހައްމަދު މޫސާ (އުއްޗު) އަކީ ލަގްޒަރީ ރިސޯޓް ވިޔަފާރީގައި ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ފުންނާބުއުސް އެންމެ ބޮޑު އެއް މަހުޖަނެވެ.

ޗަންޕާ މުހައްމަދު މޫސާގެ ހުރަވަޅި ރިސޯޓުގައި ހުންނަ ކަނޑުއަޑީގެ ރެސްޓޯރެންޓަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެބޮޑު ކަނޑުއަޑީގެ ރެސްޓޯރެންޓް އެވެ.

Leave a Reply

Your email address will not be published. Required fields are marked *