Search Streamline Icon: https://streamlinehq.com

ފައިވް ނޭޝަންސް ބާސްކެޓް މުބާރާތް: ނައިބުރައީސް ޝަރަފްވެރި ކޮށްދެއްވައިފި

Faisal Naseem Volly

ފައިވް ނޭޝަންސް ޗެމްޕިއަންޝިޕް މޯލްޑިވްސް 2023 ފެށުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ޝަރަފްވެރިކޮށްދެއްވައިފިއެވެ. މިރަސްމިއްޔާތު އޮތީ ސޯޝަލް ސެންޓަރުގައެވެ. ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފްވެރި ކޮށްދެއްވި މި މުބާރާތަކީ ރާއްޖޭގައި މިއަހަރު ބާއްވާ ފުރަތަމަ ބައިނަލްއަޤުވާމީ ބާސްކެޓް ބޯޅަ މުބާރާތެވެ.

މުބާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތައް ފަހުގައި ކުޅުނު މެޗުގައި ބައްދަލުކުރީ ދިވެހިރާއްޖެއާ ބަންގްލަދޭޝް އެވެ. މެޗު ފަށްޓަވައި ދެއްވުމުގެ ގޮތުން ނައިބު ރައީސް ވަނީ، ދެޓީމުގެ ކުޅުންތެރިންނާއި ސަލާމްކުރައްވާފަ އެވެ. އަދި އެމަނިކުފާނު މިމެޗް ބައްލަވާލެއްވިއެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ބައްދަލުކުރީ ނޭޕާލާއި ބޫޓާނެވެ.

މިމަހުގެ 14އިން 22އަށް ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުރިއަށްދާ، ފައިވް ނޭޝަންސް ޗެމްޕިއަންޝިޕް މޯލްޑިވްސް 2023ގައި، ބައިވެރިވެފައި ވަނީ، ބޫޓާން، ބަންގްލަދޭޝް، ނޭޕާލް، ޕާކިސްތާނުގެ އިތުރުން ދިވެހިރާއްޖެ އެވެ.

މިމުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ޤައުމީ ބާސްކެޓް ޓީމް ވަނީ، މުބާރާތުގެ ކުރިން އިންޑިއާގެ ބެންގަލޫރުގައި ތަމްރީނު ހޯދާފަ އެވެ.

މިއީ މިދައުރުގެ ތެރޭގައި، ރާއްޖޭގައި ބޭއްވޭ ބައިނަލްއަޤުވާމީ ތިންވަނަ ބާސްކެޓް ބޯޅަ މުބާރާތެވެ. ރާއްޖެއަކީ، ބައިނަލްއަޤުވާމީ ކުޅިވަރުގެ މުބާރާތްތައް ބާއްވާ ޤައުމެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. ކުޅިވަރުގެ ދާއިރާއިން ބައިނަލްއަޤުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ އެންމެ ބޮޑު މަޤުޞަދަކީ، ދިވެހި ޒުވާން ކުޅުންތެރިންނަށް ބައިނަލްއަޤުވާމީ ފެންވަރުގައި ވާދަކޮށް ކުރިޔަށް ދިޔުމަށް ފުރުޞަތުތައް ފަހިކޮށް ދެއްވުމެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި