Search Streamline Icon: https://streamlinehq.com

ސާފް ޗެމްޕިއަންޝިޕް 2023: ލުބުނާނަށް ހަނި މޮޅެއް

Lubnan

ސާފް ޗެމްޕިއަންޝިޕް 2023 ގައި މިއަދު ހަވީރު ކުޅުނު މެޗު ހަނި މޮޅަކުން ލުބުނާނު ކާމިޔާބު ކޮށްފިއެވެ.

މިއަދުގެ މެޗުގައި ބައްދަލުކުރީ ގްރޫޕު ބީ ގައި ހިމެނޭ ބަންގްލަދޭޝް އާއި ލެބަނަން އެވެ. މި މެޗު ލުބުނާނުން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ.

އެހެންނަމަވެސް ވަކި ހިސާބަކުން ލުބުނާނުން ކުޅުން ރަނގަޅުކޮށް ބަނގްލަދޭޝްގެ ޕެނަލްޓީ އޭރިއާތެރެއަށް ގިނަ ހުރަސްތަކެއް ނަގަމުން ދިޔައެވެ. އެކަމަކު ފުރަތަމަ ހާފުގައި ލަނޑެއް ކާމިޔާބު ކުރެވޭގޮތް ވަނީ ނުވެފައެވެ.

ފަހު ހާފު ފެށިގެން ވެސް ލުބުނާނުން ރަނގަޅަށް ކުޅެމުންދިއުމުގެ ނަތީޖާއަކީ 79 ވަނަ މިނެޓުގައި ލުބުނާނުން ލަނޑު ޖަހާ މެޗުގެ ލީޑު ނެގުމެވެ. ކަރީމް ޑާވިޗް ދިން ބޯޅައަކުން ލުބުނާން ލީޑު ހޯދައިދިން މި ލަނޑު ޖަހައިދިނީ އެޓީމުގެ ކެޕްޓަން ހަސަން މާތޫކްއެވެ. އަދި ލުބުނާންގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޚަލީލް ބަޑޭރްއެވެ.

ގުރޫޕް ބީ ގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ބޫޓާން އަދި ރާއްޖެއެވެ. މި މެޗު ފަށާނީ މިރޭ 7:00 ގައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި