Search Streamline Icon: https://streamlinehq.com

މި ޗުއްޓީގައި ކޮންމެ ތަނެއްގައި ހުރެގެން ވެސް ދިރާގު އިންޓަރނެޓް!

DHRG BoduChutteeSale Media Visual

މި ބޮޑު ޗުއްޓީގައި ކޮންމެ ތަނެއްގައި ހުރެގެން ވެސް އިންޓަރނެޓް ބޭނުންކޮށްލެވޭނެ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.

’ބޮޑު ޗުއްޓީ ސޭލް’ގެ ނަމުގައި މައި-ފައި ޑިވައިސްއަށް ޚާއްސަ ފެށި މި ޕްރޮމޯޝަންގެ ދަށުން ދިރާގުގެ ހުއާވޭ 4ޖީ މޯބައިލް ވައި-ފައި ޑިވައިސްއެއް ގަންނަ ހުރިހާ ކަސްޓަމަރުންނަށް ވެސް 50 ޕަސެންޓުގެ ޑިސްކައުންޓަކާއެކު އެންމެ 594 ރުފިޔާއަށް ޑިވައިސްއެއް ގަނެވޭނެއެވެ.

މި ލިމިޓެޑް ޓައިމް ޕްރޮމޯޝަން ކުރިއަށް ދާނީ 7 ޖުލައި 2023ގެ ނިޔަލަށެވެ.

މި މުއްދަތާ ހަމައަށް ކަސްޓަމަރުންނަށް ދިރާގު ވެބްސައިޓް https://bit.ly/3JBsZqn މެދުވެރިކޮށް ފަސޭހަކަމާއެކު މި ޑިވައިސް ގަނެލެވޭނެއެވެ.

”ދިރާގުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުން ކޮންމެ ތާކު، ކޮންމެ ވަގުތަކުވެސް މުވާސަލާތީ ގޮތުން ގުޅުވައިދިނުން އަދި އެކަން މަގުފަހިކޮށްދިނުން. އެގޮތުން މި ޚާއްސަ ޕްރޮމޯޝަނާކީ ހުރިހާ ފަރާތްތަކަށްވެސް މި ޗުއްޓީ މޫސުމުގައި ދަތުރުކުރާއިރު ގާތްތިމާގެ މީހުންނާ ގުޅުން ބަދަހިކޮށްލާ، ޚާއްސަ ވަގުތުތަކުގައި ބައިވެރިވުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް،“ ދިރާގުގެ އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވިއެވެ.

ދިރާގުގެ ޑޭޓާ ޕްލޭންތަކާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް: https://bit.ly/3CVHyBz

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށެވެ. 

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *