Search Streamline Icon: https://streamlinehq.com

ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތައް ފަށައިފި

PPM

ރިޔާސީ އިންތިޚާބު 2023 ގައި ޕީޕީއެމް، ޕީއެންސީ ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ތާއީދު ހޯދުމުގެ ހަރަކާތްތައް ފަށައިފިއެވެ.

ޕީޕީއެމް، ޕީއެންސީ ކޮންގެރެސް ނުވަތަ ޕްރޮގްރެސިވް ކޮންގްރެސް އިން ވަނީ ”ދޮރުން ދޮރަށް ހިނގާ ކެމްޕެއިން“ ހަރަކާތް އިފްތިތާހު ކޮށްފައެވެ.

މި ހަރަކާތާއި ގުޅޭގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ (އަދުރޭ) ވިދާޅުވީ އެ ކޯލިޝަންގެ ޓީމުތަކުން މާލޭގެ ހުރިހާ ގެއަކަށް ޒިޔާރަތް ކުރާނެ ކަމަށެވެ. އަދި ވީހާވެސް ގިނަ މީހުންނާ ސުވާލުކޮށް ބޭނުންވާ މައުލޫމާތުތައް އޮޅުންފިލުވާނެ ކަމަށެވެ.

މި ހަރަކާތް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި އެ މަސައްކަތްތ ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަން ހިންގެވުމާވެސް ހަވާލުވެހުންނެވި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަށް މި ސަރުކާރުން ކިތަންމެ އަނިޔާއެއް ކުރި ނަމަވެސް އެމަނިކުފާނު ކަންބޮޑުވެ ވަޑައިގަންނަވަނީ މިގައުމަށް މިއަދު ވަމުންދާ ގޮތާ މެދު ކަމަށެވެ.

”ކެމްޕެއިންގެ ހަރަކާތްތަކުގައި ރައީސް ޔާމީން ބައިވެރިވާނަމަ އެއީ ހީނުކުރާ ވަރުގެ ކުރިއެރުމެއް ލިބިގެންދާނެ ކަމެއް.“ އަދުރޭ ވިދާޅުވިއެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ ކެމްޕެއިން ފެށިއިރު، ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އޭގެ ސަބަބުން ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވާދަކުރުމުގެ ފުރުސަތު ވަނީ ވަރަށް ހަނިވެފައެވެ.

މީގެ އިތުރުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތުގެ ދައުވާގެ އަޑުއެހުންތައް މިހާރު ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.

Leave a Reply

Your email address will not be published. Required fields are marked *