މިއަހަރު ހައްޖަށް ދިޔަ 81 އަހަރުގެ ދިވެއްސެއް ނިޔާވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ދިޔަ އިތުރު ހައްޖުވެރިއަކު ނިޔާވެފައިވާ ކަމަށެވެ.
މަދީނާ ހޮޓަލްގައި ހުއްޓާ އޭނާ ނިޔާވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށާއި ނިިޔާވެފައި ވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ހަވާލުގައި ހައްޖަށް ދިޔަ މީހެއް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ނިޔާވީ ހއ. ކެލާ، ސީސާންގެ، އަލީ ގާސިމް ކަމަށާއި އެއީ އުމުރުން 81 އަހަރުގެ މީހެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
މިއީ މިއަހަރު ހައްޖުގެ އަޅުކަން އަދާކުރަން ދިޔަ ދިވެހި ހައްޖާޖީންގެ ތެރެއިން ނިޔާވި 4 ވަނަ ހައްޖާޖީއެވެ.
މިއަަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުން އެނބުރި ރާއްޖެ އަންނަން ފަށާނީ މާދަމާއެވެ.









