Search Streamline Icon: https://streamlinehq.com

”ސޭވް އެފްއޭއެމް“ ކެމްޕޭންގެ ފުރަތަމަ ބައްދަލުވުން މިރޭ

FAM

”ސޭވް އެފްއޭއެމް“ ކެމްޕޭންގެ ފުރަތަމަ ބައްދަލުވުން މިރޭ ބޭއްވުމަށް ނިންމައިފިއެވެ.

އެފްއޭއެމް އާއި ރާއްޖޭގެ ފުޓްބޯޅަ ރިފޯމް ކުރަން ގޮވާލާ ބާއްވާ މި ކެމްޕޭން އޮންނާނީ ޝީ ބިލްޑިންގެ ތިންވަނަ ފަންގިފިލާގައި ހުންނަ އަސަރީ މާލަމުގައި މިރޭ 8:45 ގައެވެ.

މި ހަރަކާތުގައި އިސްކޮށްއުޅޭ ފަރާތްތަކުން ބުނީ މި ބައްދަލުވުމުގައި ރާއްޖޭގެ ގައުމީ ޓީމަށް ކުރިން ކުޅުނު ކުޅުންތެރިންނާއި ފުޓްބޯޅައިގެ ކުރީގެ ހިންގުންތެރިން ބައިވެރިވުމަށް ދައުވަތު ދީފައިވާނެ ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅައިގައި ޝާމިލުވާ ކްލަބްތަކަށް ވެސް ދައުވަތު ފޮނުވާފައިވާނެ ކަމަށް ބުންޏެވެ.

މިރޭގެ ބައްދަލުވުމުގައި ފުޓްބޯޅައިގެ މި ވަގުތުގެ ހާލަތާއި ކުރިމަގާއި ބެހޭގޮތުންނާއި އެ ކެމްޕޭން ކުރިއަށްގެންދާނެގޮތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

”ސޭވް އެފްއޭއެމް“ ސްލޯގަންއާއެކު ފެށި މި ކެމްޕެއިނަކީ ސާފް ޗެމްފިއަންޝިފުގައި ގްރޫޕު ސްޓޭޖުން ފުރަތަމަ ފަހަރަށް ރާއްޖެ މިފަހަރު ކެޓުމާއި ގުޅިގެން، ފުޓްބޯޅައިގައި ހުރި މައްސަލަތަކާމެދު ކަންބޮޑުވާ ބޭފުޅުންތަކެއް އެއްވެގެން ފެށި ކެމްޕޭނެކެވެ.

މީގެ 26 އަހަރު ކުރިން ދެކުނު އޭޝިޔާގެ ގައުމުތަކުގެ މެދުގައި ކުޅެން ފެށި ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ރާއްޖެ މުބާރާތުގެ ސެމީއަށް ނުގޮސް ވަނީ ކަޓާފައެވެ.

 

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި