Search Streamline Icon: https://streamlinehq.com

އުރީދޫ ނޭޝަން ޕަބްޖީ ޗެމްޕިއަންޝިޕް ފަށަން ތައްޔާރުވެއްޖެ

Ooredoo PUBG

އެއްލައްކަ ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތް ކަމަށްވާ އުރީދޫ ނޭޝަން ޕަބްޖީ ޗެމްޕިއަންޝިޕް މި މަހުގެ 21 އަދި 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަން އުރީދު ނޭޝަންއިން އިއުލާނުކޮށްފިއެވެ.

މި މުބާރާތަކީ ގޭމު ކުޅޭ މުޖުތަމައުގައި ޕަބްޖީ ގެ އެންމެ ހުނަރުވެރި އަދި ވާދަވެރި ޓީމުތައް އެއްތަނަކަށް ގެނެސް ވާދަވެރި މާހައުލެއްގައި ބައިވެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

2022 ވަނަ އަހަރު ބޭއްވި ރޯޑް ޓު 100ކޭ ކޮލިފައިން މުބާރާތްތައް ކަމަށްވާ ކޮންޓެންޑަރ ސީރީޒް 1، 2 އަދި 3 ގެ އިތުރުން ވައިލްޑް ކާޑް އެންޓްރީ ސީރީޒް ގެ ކާމިޔާބީއަށް ފަހު ޖުމްލަ 16 ޓީމެއް ވަނީ އުރީދޫ ނޭޝަން ޕަބްޖީ ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ގާއިމްކޮށްފައެވެ.

 އުރީދޫ ނޭޝަން ޕަބްޖީ ޗެމްޕިއަންޝިޕްގެ މެޗުތައް ބެހިފައި ވަނީ ދެ ދުވަހަކަށެވެ.  ފުރަތަމަ ދުވަހު ވާޗުއަލް މެޗުތަކާއި ދެވަނަ ދުވަހު ރެހެންދި ސްކޫލް ހޯލުގައި ހިތްގައިމު ލައިވް މެޗްތަކެއް ފެނިގެންދާނެއެވެ.

މި މުބާރާތުގެ ފުރަތަމަ 6 މެޗް 21، 2023 ގައި ވަރޗުއަލް ކޮށް ކުޅުމަށް ހަމަ ޖެހިފައިވާއިރު، ދެވަނަ ދުވަހުގެ މެޗުތައް 22 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 6:00 އާއި ދެމެދު ރެހެންދި ސްކޫލް ހޯލުގައި ކުރިއަށްދާނެއެވެ.

މުބާރާތުގެ ދެ ވަނަ ދުވަހުގެ މެޗްތަކަށް ފަހު އިނާމު ދިނުމުގެ ރަސްމިއްޔާތުވެސް ބޭއްވުމަށް ހަމަ ޖެހިފައި ވަނީ 22 ޖުލައި 2023 ގައި ރެހެނދީ ސްކޫލް ހޯލްގައެވެ. މުބާރާތުގެ އެންމެ މޮޅު ޓީމުތަކުގެ އަގު ވަޒަންކޮށް ދިނުމަށް ހަމަޖެހިފައިވާ 100،000ރ ގެ ފައިސާގެ އިނާމު ދިނުމަށް ހަމަ ޖެހިފައި ވަނީ އެންމެ މޮޅު 3 ޓީމަށެވެ. ފައިސާގެ އިނާމު ބަހާލެވިފައިވަނީ ތޮރީގައިވާ ގޮތަށެވެ.

  • ·         1 ވަނައަށް ދާ ޓީމަށް 50،000 ރުފިޔާ
  • 2 ވަނައަށް ދާ ޓީމަށް 30،000 ރުފިޔާ
  • ·         3 ވަނައަށް ދާ ޓީމަށް 15،000 ރުފިޔާ
  • އެމްވީޕީ (އެންމެ މޮޅު ކުޅުންތެރިޔާ): 5،000 ރުފިޔާ

އުރީދޫ ނޭޝަން ޕަބްޖީ ޗެމްޕިއަންޝިޕްގެ ބައިވެރިންނަށާއި ގޭމިން ކޮމިއުނިޓީއަށް ވެސް ހަނދާން ނައްތާނުލެވޭ ވަރުގެ ތަޖުރިބާއެއް ލިބިގެންދާނެ އެވެ.

މި އިވެންޓުގައި ހިތުގެ ތެޅުން އަވަސް އެކްޝަން، ނެއިލް ބައިޓިން ގޭމްޕްލޭ އަދި ހަގީގީ ގޭމިން ޗެމްޕިއަނުން އުފެދިގެން ދިއުން ފެނިގެންދާނެ އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *