Search Streamline Icon: https://streamlinehq.com

އައިމިނަތު އައްބާސް އަވަހާރަވެއްޖެ

Aminath Abbas

ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރެއްވި އައިމިނަތު އައްބާސް މިއަދު ހެނދުނު އަވަހާރަވެއްޖެއެވެ.

އޭނާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ. އަވަހާރަވީ އުމުރުން 69 އަހަރުގައެވެ.

އާމިނަތު އައްބާސް ވަނީ ޅެންހެދުމުގެ ބައެއް މުބާރާތްތަކާއި ލަވަ މުބަރާތްތަކުގެ އިތުރުން ފިލްމު ފެސްޓިވަލާއި ޅެމާއި ލަވައިގެ ފެންވަރު ބެއްލެވުމާއި އިންސާފު ކޮށްދެއްވުމުގެ މަސައްކަތް ކޮށްދެއްވާފައެވެ.

އޭނާއަށް ވަނީ އިސްލާމީ ކަންތައްތަކާއި ބެހޭ އެންމެމަތީ މަޖިލީހުން 1996 ވަނަ އަހަރު ބޭއްވި ދީނީ ޅެންހެދުމުގެ މުބާރާތުން އެއްވަނަ ހޯއްދަވާފައެވެ. އަދި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން 9 ވަނަ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ކުޑަކުދިންގެ ޅެންފޮތް އެކުލަވައިލުމުގެ މުބާރާތުން އެއްވަނަ ވެސް ހޯއްދަވާފައިވެއެވެ.

މީގެ އިތުރުން ވެސް ގިނަ ކާމިޔާބީތަކެއް ހޯއްދާފައިވާއިރު، ދިވެހި ނޫސްވެރިކަމަށް ވެސް ވަނީ އަގު ނުކުރެވޭ ޚިދުމަތެއް ކުރައްވާފައެވެ.

އައިމިނަތު އައްބާސް އަކީ ކުރީގެ މަޝްހޫރު ޅެންވެރިޔާ، ގ. ޑޭޒީމާގޭ، އާމިނަތު ފާއިޒާގެ ދަރިކަނބަލުންނެވެ.

އޭނާގެ ކަށުނަމާދު އޮތީ މިއަދު އަސުރު ނަމާދަށްފަހު މަސްޖިދު ޒައިދު ބިން ޘާބިތު (ހުޅުމާލޭ ސަހަރާ މިސްކިތު) ގައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *