Search Streamline Icon: https://streamlinehq.com

ފަހުގެ

ރައީސް ނަޝީދު ”ދަ ޑިމޮކްރެޓްސް“ އާ ރަސްމީކޮށް ގުޅިވަޑައިގެން ސޮއި ކުރައްވައިފި

Nasheed The Democrats

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ”ދަ ޑިމޮކްރެޓްސް“ އާ ރަސްމީކޮށް ގުޅިވަޑައިގެން ސޮއި ކުރައްވައިފިއެވެ.

ރައީސް ނަޝީދު އެ ޕާޓީއަށް ސޮއި ކުރެއްވީ އާޓިފިޝަލް ބީޗުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޖުލައި 13 ވީ ބުރާސްފަތި ދުވަހުގެ ރެއެވެ.

ރައީސް ނަޝީދުގެ އިތުރުން ހެރިޓޭޖް މިނިސްޓްރީގައި ކަލްޗަރަލް ހެރިޓޭޖް ޑިރެކްޓަރުގެ މަޤާމުން އިސްތިއުފާ ދެއްވި ޝަމްއޫން ޖަލީލު (ލޫކަސް ޖަލީލު) އާއި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު (ޗެކްމާކް އަހްމަދު ރަޝީދު) ވެސް ވަނީ މިރޭ އެ ޕާޓީއަށް ސޮއި ކުރައްވާފައެވެ.

މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު، ރައީސް ނަޝީދު، އެމްޑީޕީ އިން ވަކިވެވަޑައިގެންނެވީ ރާއްޖޭގެ ކަންކަން މިހާރު ހިނގަމުންދާ ގޮތަށް ބަލާއިރު، އެމްޑީޕީގައި ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާތީ ކަމަށް ވިދާޅުވެއެވެ.

ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުމުގެ ސަބަބުން އުފެދުނު ފިކުރެއްގެ ދިރުމުން އުފަންވި ސިޔާސީ ޕާޓީއެކެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި