ހުޅުމާލޭގައި ބޭއްވުމަށް ނިންމި ”މިނިވަން އުފާ ކާނިވާ“ ބާއްވާ ތާރީޚު ފަސްކޮށްފިއެވެ.
އެކަން ހާމަކުރައްވާ، ހޯމް މިނިސްޓްރީން ވިދާޅުވީ އެ ކާނިވާ ފަސްކުރަން ނިންމީ މިހާރު ފެތުރެމުންދާ ރޯގާ އާއި ގުޅިގެން ކަމަށެވެ. އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ ވެސް މަތީން ކަމަށެވެ.
އެ މިނިސްޓްރީ އާއި އާބަންކޯ ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ކާނިވާ ބާއްވާނެ ތާރީޚެއް ފަހުން އިއުލާން ކުރައްވާނެ ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވިއެވެ.
މިނިވަން އުފާ ކާނިވަލުގައި މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް ރާވާފައިވާއިރު، ކާބޯތަކެތި ވިއްކާ ސްޓޯލުތައް ވެސް ވަނީ ހިމަނާފައެވެ.
މި ކާނިވާ ފަސްކުރުމާއި ގުޅިގެން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ހަވާ އެރުވުމުގެ ހަރަކާތް ވެސް ކެންސަލް ކޮށްފައިވާ ކަމަށް އެމްއެންޑީއެގް އިން ވަނީ ހާމަކޮށްފައެވެ.









