Search Streamline Icon: https://streamlinehq.com

ޑޭވިޑް ސިލްވާ ފުޓްބޯޅަ ކުޅުން ހުއްޓާލަނީ

David Silva

ސްޕެއިންގެ ޑޭވިޑް ސިލްވާ ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ކުޅިވަރު ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުގައި ބުނެފައިވަނީ ޕްރޮފެޝަނަލްކޮށް ފުޓްބޯޅަ ކުޅުން އޭނާ ހުއްޓާލަނީ ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން ކަމަށެވެ.

އޭނާގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ކަކުލިުގެ ސާރޖަރީއެއް ހަދަން ޖެހިފައިވާއިރު، ޑޮކްޓަރުންނާއި ހަވާލާދީ ރިޕޯޓުތައް ބުނެފައިވަނީ އޮޕަރޭޝަނަށްފަހު، އޭނާގެ އަސްލުކުޅުމަށް އައުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށެވެ.

2008 އާއި 2012 ގެ ޔޫރޯ އާއި 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް، ސްޕެއިނަށް ހޯދައިދީފައިވާ ސިލްވާ ވަނީ ސްޕެއިން ގައުމީ ޓީމަށް 125 މެޗު ކުޅެދީފައެވެ.

ވެލެންސިއާ އަށް ކުޅުމަށްފަހު، 2010 ވަނަ އަހަރު މެންޗެސްޓަރ ސިޓީ އަށް ބަދަލުވެ، އޭނާ ވަނީ އެޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކާ ޓީމަށް ކާމިޔާބީތަކެއް ހޯދުމުގައި ބޮޑު ހިއްސާއެއް އަދާކޮށްފައެވެ.

އެގޮތުން އިނގިރޭސި ޕްރިމިއަރ ލީގުގެ ތަށި ހަތަރު ފަހަރު ހޯދިއިރު، ސިލްވާގެ ހިއްސާ ބޮޑެވެ.

ސިޓީ ދޫކޮށް މިދިޔަ ސީޒަންތަކުގައި އެނާ ހޭދަކުރީ ސްޕެއިނުގެ ރެއާލް ސޮސިއެޑާޑް ގައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި