Search Streamline Icon: https://streamlinehq.com

ސައުދީ ލީގު: ރޮނާލްޑޯގެ އަލް ނަސްރު ބަލިކޮށް، ޖެރާޑް އާއެކު އަލް އިއްތިފާޤުން ފެށީ މޮޅަކުން

F3g6PqXWQAAgWqk

ސައުދީ ޕްރޮފެޝަނަލް ލީގުގައި އަލް ނަޞްރު ބަލިކޮށް އަލް އިތިފާޤުން ފެށުން ރަނގަޅުކޮށްފިއެވެ.

ލިވަޕޫލްފެ ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑްގެ އިރުޝާދުގެ ދަށުން އަލް އިއްތިފާޤު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރީ 1-2 ގެ ނަތީޖާއިން އަލް ނަޞްރުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

އަނިޔާގެ ސަބަބުން ކްރިސްޓިއާނޯ ރޮނާލްޑޯ ރޭގެ މެޗުގައި ކުޅެފައި ނުވާއިރު، ރޮނާލްޑޯގެ ބަދަލުގައި ކެޕްޓަން ބޭންޑާއި އެކު ރޭ ނުކުތީ ސަދިއޯ މާނޭއެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީވެސް އަލް ނަޝްރުންނެވެ. އަލް އިއްތިފާޤުން އަލް ނަޞްރު ބަލިކުރީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ.

ރޭގެ މެޗު އަލް ނަޞްރުން ފެށީ ވަރަށް ރަނގަޅަށެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ހަތަރުވަނަ މިނެޓުގައި އަލް ހައްސާން ތަނަވަސްކޮށްދިން ފުރުސަތެއްގައި ސަދިއޯ މާނޭ ވަނީ ލަނޑުޖަހާ އަލް ނަޞްރަށް ލީޑު ނަގައިދީފައެވެ.

މި ލީޑާއި އެކު މެޗުގެ ފުރަތަމަ ހާފު ނަޞްރުން ނިންމާލި ނަމަވެސް ފަހު ހާފަށް ކުޅެން ނުކުމެ އަލް އިއްތިފާޤުން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން ގިނަ ވަގުތު އަލް ނަޞްރުގެ ފާހުގެ ތެރޭގައި ބޯޅަ ގެންގުޅެ ހަމަލާތައް އުފެއްދުމަށް މަސައްކަތް ކުރަމުން ގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 47 ވަނަ މިނެޓުގައި އަލް ހަޒާޒީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ސުވިޑުން ފޯވާޑް ރޮބިން ގައިސަން ވަނީ ލަނޑެއް ޖަހާ އަލް އިއްތިފާޤަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މި ލަނޑަށް ފަހު ވެސް އަލް އިއްތިފާޤުން ރަނގަޅަށް ކުޅުނުއިރު، 53 ވަނަ މިނެޓުގައި މޫސާ ޑެމްބެލޭ ވަނީ އިއްތިފާޤުގެ ދެވަނަ ލަނޑު ޖަހައިދީ ލީޑު ނަގާފައެވެ. މެޗުގެ ކުޅުން ނިމުނީ އަލް އިއްތިފާޤު ލީޑުގައި އޮވެގެންނެވެ.

ރޭގެ ހޯދި މޮޅާއި އެކު އަލ އިއްތިފާޤުން ވަނީ ތިން ޕޮއިންޓާއި އެކު ލީގުގެ ހަތަރުވަނައަށް ޖެހިލާފައެވެ. އަލް ނަޞްރު އޮތީ ޕޮއިންޓެއް ނުލިބި 12 ވަނާގައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި