Search Streamline Icon: https://streamlinehq.com

ފަހަތުން އަރައި ޝަބާބް ބަލިކޮށް އަލް ނަސްރު، އޭއެފްސީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖަށް!

FBL ASIA C1 NASSR SHABAB

އޭއެފްސީ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފް މެޗުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ލީގު ޗެމްޕިއަން ޝަބާބް އަލް އަހްލީ ބަލިކޮށް، މުބާރާތުގެ ގްރޫޕް ސްޓޭޖުން ސައުދީގެ އަލް ނަޝްރު ޖާގަ ހޯދައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އަލް ނަސްރުން ކާމިޔާބު ކުރީ ފަހަތުން އަރަައި 4-2 އިން ޝަބާބް އަލް އަހްލީ ބަލިކޮށްގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އަލް ނަޞްރުންނެވެ. މެޗު ފަށައިގެން 11 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ބްރެޒިލްގެ ފޯވާޑް ޓަލިސްކާ އެވެ. ނަމަވެސް އޭގެ ފަހުން ކުޅުން ރަނގަޅުކޮށް ޝަބާބުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 18 ވަނަ މިނެޓުގައި ޝަބާބުން ލަނޑު ޖަހާ ނަތީޖާ ހަމަހަކުރިއިރު، މި ލަނޑު އެޓީމަށް ޖަހައިދިނީ ޔަހްޔާ އަލް ޣައްސާނީ އެވެ.

ދެޓީމުވެސް އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް ފަހު ހާފު ފެށުނުތާ މާ ގިނައިރުތަކެއް ނުވެ ޝަބާބުން ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ ލީޑު އަތުލާފައެވެ. ފަހު ހާފު ފެށިގެން ދެވަނަ މިނެޓުގައި ޝަބާބްއަށް ލީޑު ނަގައިދިން މި ލަނޑު ކާމިޔާބު ކޮށްދިނީ ވެސް ފުރަތަމަ ލަނޑު ޖެހި ޔަހްޔާ އަލް ޣައްސާނީ އެވެ.

ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން، މެޗުގެ ލީޑު ޝަބާބުން ނެގިއިރު، އަލް ނަސްރުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓެއް ވެފައި ވަނިކޮށެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ސުލްތާން އަލް ޣަނާމް އެވެ. މެޗުގައި އަލް ނަސްރުން ލީޑު ނަގައި، ލީޑު ފުޅާ ކުރީ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކު ވަގުތުގަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ޓަލިސްކާ އެވެ. ލީޑު ފުޅާކޮށްދިނީ މާސެލޯ ބްރޮޒޮވިޗް އެވެ.

މި މެޗަށް ކުރިމަތިލީއިރު، އަލް ނަސްރު އޮތީ ލީގުގައި ފުރަތަމަ ކުޅުނު ދެމެޗުންވެސް ބަލިވެ، ފޯމު ގެއްލިފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި