Search Streamline Icon: https://streamlinehq.com

ބެންޒެމާ އާއި ކޯޗު ސަންޓޯސްގެ ގުޅުން ގޯސްވެ ކޯޅުމަކަށް !

Capture

ސައޫދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގުގެ ޗެމްޕިއަން އަލް އިއްތިހާދުގެ ކެޕްޓަން ދާދިފަހުން އެ ކުލަބާއި ގުޅުނު ފްރާންސް ފޯވާޑް އަދި އެ ކުލަބުގެ ކޯޗު ނޫނޯ ސަންޓޯސް އާއި ދެމެދު މައްސަލަތަކެއް ޖެހިއްޖެއެވެ.

ކޯޗު ނޫނޯ ސަންޓޯ އާއި ކަރީމް ބެންޒެމާގެ ގުޅުން ގޯސްވެފައިވާކަން ހާމަކޮށްފައިވަނީ ސައުދީ އަރަބިއާގެ މީޑިއާތަކުންނެވެ. ސައުދީ މީޑިއާތަކުން ޚަބަރު ފަތުރާ ގޮތުގައި ބެންޒެމާ އިއްތިހާދަށް ގެންނަން ކުލަބުގެ މެނޭޖްމަނަޓުން ނިންމިއިރުވެސް ކޯޗު އަންޓޯސްގެ ލަފައަކަށް ނާހާކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ބެންޒެމާ އަކީ ސަންޓޯސް މާ ހިތްހަމަ ޖެހޭ ސްޓައިލެއްގެ ކުޅުންތެރިއަކަށް ނުވާކަމަށް ސަންޓޯސް ބުނެފައިވާ ކަމަށް ވެސް މީޑިއާތަކުގައި ވަނީ ޚަބަރު ފެތުރިފައެވެ.

ދާދި ފަހުން ސްޕެއިންގެ ރެއާލް މެޑްރިޑް ދޫކޮށް އިއްތިހާދާއި ގުޅުނު ބެންޒެމާ ނޫނޯގެ ޕްލޭނަށް ފެތޭ ކުޅުންތެރިއަކަށް ނުވާއިރު، ދައުދީ ނޫސްތަކުން ބުނާގޮތުގައި އެ ކުލަބުގެ ކެޕްޓަންކަން  ބެންޒެމާއަށް ދިނުމާއި މެދުވެސް ސަންޓޯސް ދެކޮޅެވެ. އެގޮތުން ކުލަބުގެ ކެޕްޓަން ބޭންޑް ބެންޒެމާއަށް ނުދިނުމަށް ވެސް ސަންޓޯސް ކުލަބުގެ މެނޭޖްމަންޓުގައި އެދުނު ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ. އަދި ސަންޓޯސް ބޭނުންވަނީ ކުލަބުގެ ކެޕްޓަންކަން ރޮމާރީނިއޯ ނޫނީ އަހްމަދު ޝަރަހިލީ އަށް ދިނުމަށްކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

ސައޫދީ އަރަބިއްޔާގެ މީޑިއާތަކުން ޚަބަރުފަތުރާ ގޮތުގައި ކޯޗު ސަންޓޯސް އާއި ބެންޒެމާ އާއި ދެމެދު ޖެހިފައިވާ މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކުރަން ބެންޒެމާ ބޭނުންވެއެވެ. އަދި އެކަން ވީހާވެސް އަވަހަށް ހައްލުކޮށްދިނުމަށް ބެންޒެމާ އެދިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އިއްތިހާދު ވަރުގަދަ ކުރުމަށް އެ ކުލަބުން ޔޫރަޕްގެ ތަރިންތަކެއް ގެނެސްފައިވާއިރު، އޭގެ ތެރޭގައި ބެންޒެމާ އާއި ޗެލްސީ އަށް ކުޅުނު އެންގޯލޯ ކާންޓޭ އާއި ޕެޑްރޯ ނެވާސް އާއި ލިވަޕޫލަށް ކުޅުނު ބްރެޒިލްގެ ފަބީނިއޯ ހިމެނެ އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި