Search Streamline Icon: https://streamlinehq.com

ބެންޒެމާ އާއި އަހަރެންނާއި ދެމެދު އެއްވެސް މަސައްލައެއް ނުޖެހޭ: ކޯޗު ސަންޓޯސް

Capture

ސައޫދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގުގެ ޗެމްޕިއަން އަލް އިއްތިހާދާއި ދާދިފަހުން ގުޅުނު ފްރާންސް ފޯވާޑް ކަރީމް ބެންޒެމާ އާއި ދެމެދު އެއްވެސް މައްސަލައެއް ޖެހިފައި ނުވާކަމަށާއި ދެމީހުންގެ ގުޅުން ވަރަށް ރަނގަޅު ކަމަށް އެ ކުލަބުގެ ކޯޗު ނޫނޯ ސަންޓޯސް ބުނެފިއެވެ.

އަރަބި ނޫސްތަކުގައި ބެންޒެމާއާއި ކޯޗު ސަންޓޯސް އާއި ދެމެދު މައްސަލަތަކެއް އުޅޭކަމަށް ރިޕޯތުކޮށްފައިވީ ނަމަވެސް ސަންޓޯސް ވަނީ އެކަން ދޮގުކޮށްފައެވެ. ސަންޓޯސް ބުނީ މީޑިއާގައި ކޮންމެ ގޮތަކަށް ވާހަކަ ދެކެވުނަސް އެއީ ހަގީގަތެއް ނޫންކަމަށާއި އޭނާއާއި ބެންޒެމާއާއި ދެމެދު އޮތް ގުޅުން ވަރަށް ރަނގަޅުކަމަށެވެ.

ކޯޗު ނޫނޯ ސަންޓޯ އާއި ކަރީމް ބެންޒެމާގެ ގުޅުން ގޯސްވެފައިވާކަން ހާމަކޮށްފައިވަނީ ސައުދީ އަރަބިއާގެ މީޑިއާތަކުންނެވެ. ސައުދީ މީޑިއާތަކުން ޚަބަރު ފަތުރި ގޮތުގައި ބެންޒެމާ އިއްތިހާދަށް ގެންނަން ކުލަބުގެ މެނޭޖްމަނަޓުން ނިންމިއިރުވެސް ކޯޗު އަންޓޯސްގެ ލަފައަކަށް އަހާފައި ނުވެއެވެ. އަދި ބެންޒެމާ އަކީ ސަންޓޯސް މާ ހިތްހަމަ ޖެހޭ ސްޓައިލެއްގެ ކުޅުންތެރިއަކަށް ނުވާކަމަށް ސަންޓޯސް ބުނެފައިވާ ކަމަށް ވެސް މީޑިއާތަކުގައި ވަނީ ޚަބަރު ފެތުރިފައެވެ.

ދާދި ފަހުން ސްޕެއިންގެ ރެއާލް މެޑްރިޑް ދޫކޮށް އިއްތިހާދާއި ގުޅުނު ބެންޒެމާ ނޫނޯގެ ޕްލޭނަށް ފެތޭ ކުޅުންތެރިއަކަށް ނުވާއިރު، ސައުދީ ނޫސްތަކުން ބުނާގޮތުގައި އެ ކުލަބުގެ ކެޕްޓަންކަން  ބެންޒެމާއަށް ދިނުމާއި މެދުވެސް ސަންޓޯސް ދެކޮޅެވެ. އެގޮތުން ކުލަބުގެ ކެޕްޓަން ބޭންޑް ބެންޒެމާއަށް ނުދިނުމަށް ވެސް ސަންޓޯސް ކުލަބުގެ މެނޭޖްމަންޓުގައި އެދުނު ކަމަށް ވެސް މީޑިއާތަކުން ބުނެފައި ވެއެވެ. އަދި ސަންޓޯސް ބޭނުންވަނީ ކުލަބުގެ ކެޕްޓަންކަން ރޮމާރީނިއޯ ނޫނީ އަހްމަދު ޝަރަހިލީ އަށް ދިނުމަށްކަމަށް ވެސް ރިޕޯޓުގައި ވެއެވެ. ނަމަވެސް މި ހުރިހާ ވާހަކައެއް ވެސް ސަންޓޯސް ވަނީ ދޮގުކޮށްފައެވެ.

އިއްތިހާދު ވަރުގަދަ ކުރުމަށް އެ ކުލަބުން ޔޫރަޕްގެ ތަރިންތަކެއް ގެނެސްފައިވާއިރު، އޭގެ ތެރޭގައި ބެންޒެމާ އާއި ޗެލްސީ އަށް ކުޅުނު އެންގޯލޯ ކާންޓޭ އާއި ޕެޑްރޯ ނެވާސް އާއި ލިވަޕޫލަށް ކުޅުނު ބްރެޒިލްގެ ފަބީނިއޯ ހިމެނެ އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި