Search Streamline Icon: https://streamlinehq.com

ދެވަނަ ބުރުގައި ޑރ. މުއިއްޒަށް ތާއީދު ކޮށްދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންފި

Dr Jameel

ރިޔާސީ ދެވަނަ ބުރުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކޮށްދެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިފަދައިން އެދިވަޑައިގެންކަން ވިދާޅުވީ ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް އަދި ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ވެސް މިހާރު ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ.

”ރައީސް ޔާމީނުގެ ވެދުން ދިވެހި ރައްޔިތުންނަށް! ޑރ. މުއިއްޒުއަށް ތިބޭފުޅުންގެ އިތުރު ތާއީދު ދެއްވައި، ހިތްވަރު ކުރައްވައި ދެވަނަ ބުރު ކާމިޔާބު ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ.“ ޑރ. ޖަމީލުގެ ޓްވީޓުގައި ވިދާޅުވިއެވެ.

މީގެ އިތުރުން މިއީ ބޭރު ސިފައިން ބޭރުކޮށް ގައުމު މިނިވަން ކުރަން ލިބޭ ހެޔޮފުރުސަތެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މި މަހުގެ 9 ވީ ހޮނިހިރު ދުވަހު ބޭއްވި ބޭއްވި ރިޔާސީ އިންތިހާބުގައި ޖުމްލަ 8 ކެންޑިޑޭޓުންނާއި ވާދަކުރައްވާ މުއިއްޒު ވަނީ ތަފާތބޮޑު ނަތީޖާއެއް ހޯއްދަވާފައެވެ. އެގޮތުން ލައްކަ އަކަށް ވުރެ ގިނަ ވޯޓު މުއިއްޒު ހޯއްދެވިއރު، މިހާރުވެރިކަން ކުރާ ކޯލިޝަމްގެ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ލިބިވަޑައިގަތީ 85،126 ވޯޓެވެ.

އެހެންނަމަވެސް އެއްވެސް ބޭފުޅަކަށް މި އިންތިހާބު އެއް ބުރުން ކާމިޔާބު ކުރެވޭވަރަށް ވޯޓު ލިބިވަޑައިގެންފައި ނުވާތީ، މި މަހުގެ 30 ވަނަ ދުވަހު އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ވަނީ ނިންމާފައެވެ.

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ ގޮތަށް ކުރިން އޮތީ ރައީސް ޔާމީނެވެ. އެކަމަކު މި އިންތިހާބަށް އެމަނިކުފާނަށް ކުރިމަތިނުލެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އެއީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދައްކަވަން ޖެހޭ ފައިސާ ނުދައްކަވާތީއެވެ.

ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީލޯންޑްރިންގެ ކުށުގައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ދެއްކުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *