Search Streamline Icon: https://streamlinehq.com

ބީއެމްއެލް މުވައްޒަފުން ލޭހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފި

BML

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މުވައްޒަފުން ލޭހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފިއެވެ.

މިއީ މޯލްޑިވްސް ބްލަޑް ސަރވިސަސް އާ ގުޅިގެން ކުރިއަށް ގެންދިޔަ ކޭމްޕެކެވެ.

ތެލެސީމިއާ ކުދިންނަށް ލޭ ބޭނުންވާ މިންވަރަށް ބަލައި، ދެމެހެއްޓެނިވި ގޮތެއްގައި ލޭ ހަދިޔާކުރުމުގެ މުހިންމު ބޭނުމުގައި ކޮންމެ ތިންމަހަކުން އެއް ފަހަރު މުވައްޒަފުންނަށް އަމާޒުކޮށް ލޭ ހަދިޔާކުރުމުގެ ކޭމްޕް ބޭއްވުމަށް 2021 ވަނަ އަހަރު ބޭންކުން ވަނީ ނިންމާފައެވެ.

މިއަދުގެ ކޭމްޕުގައި 46 މުވައްޒަފަކު ވަނީ ލޭ ހަދިޔާކޮށްފައެވެ. މިއަހަރުގެ ފުރަތަމަ ދެ ކުއާޓަރ ގައި 60 އަށް ވުރެ ގިނަ މުވައްޒަފުންނާއި އެފަރާތްތަކުގެ އާއިލާއިން ވަނީ ލޭ ހަދިޔާކޮށްފައެވެ.

ބޭންކުގެ އަމާޒަކީ މުވައްޒަފުން އިޖްތިމާއީ ކަންކަމަށް ހޭލުންތެރި ކުރުވުމާއި މުޖުތަމައަށް ފައިދާ ކުރަނިވި ހަރާކާތްތަކުގައި ބައިވެރިވުން އިތުރުކުރުމެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *