Search Streamline Icon: https://streamlinehq.com

ހުރިހާ ފަރާތްތަކެއްގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނަން: މުއިއްޒު

Muizz

ރާއްޖޭގެ ވެރިކަމަށް އިންތިހާބު ވެވަޑައިގެންފި ނަމަ، ފަސް އަހަރަށް ބަހާލައިގެން ހުރިހާ ފަރާތްތަކެއްގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށް ޕީއެންސީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ރަނގަޅު ކުރަން ޖެހިފައިވާކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ އާމްދަނީ އިތުރު ކުރެވިގެންދާ މިންވަރަކުން މުސާރަތަކަށް ހެޔޮ ބަދަލު ގެނެސްދެއްވާނެ ކަމަށެވެ.

”ޔުނީފޯމް އިދާރާތައް ކަމަށް ވާ ކަރެކްޝަންސް ސާވިސް، އިމިގްރޭޝަން، ކަސްޓަމްސް ފަދަ ހުރިހާ ފަރާތްތަކާ މިނިވަން މުއައްސަސާތަކުގެ އިތުރުން ސަރުކާރުގެ އެހެން އޮފީސްތަކުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުގެ މުސާރައަށް ހުށަހަޅާ އިކޮނޮމިކް ޕްލޭންއެއްގެ ތެރެއިން ހެޔޮ ބަދަލު ގެންނާނެކަމުގެ ޔަގީންކަން އަޅުގަނޑުދެން.“ މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ މީގެކުރިން މުއިއްޒު ވަނީ ފުލުހުންނާއި ސިފައިންގެ މުސާރަ ދެގުނަ ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ހަމަމިއާއެކު އެހެން ދާއިރާތަކުގެ މުސާރަތައް ބޮޑު ކުރައްވާ ވާހަކަ ވިދާޅުވުމުން އެއީ، މިހާރުވެސް ދަރަނިވެފައި ވާ ބަޖެޓަށް އިތުރުވާ 223 ބިލިއަން ރުފިޔާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ. ދެވަނަ ބުރުގައި ވާދަކުރައްވާނީ މި މަހުގެ 9 ވީ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި އެންމެގިނައިން ވޯޓު ހޯއްދެވި ޕީއެންސީ، ޕީޕީއެމްގެ ކެންޑިޑޭޓް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *