Search Streamline Icon: https://streamlinehq.com

ދިވެހިރާއްޖެ އޮތީ ސްރީލަންކާއާ އެކުގައި: ރައީސް ޞާލިޙް

Iboo Solih gotabaya Rajpaksa

ސްރީލަންކާއަށް މި ކުރިމަތިވި ހިތާމަވެރި ދަތި އުނދަގޫ ޙާލަތުން އަރައިގަތުމުގައި ދިވެހިރާއްޖެ އޮތީ ސްރީލަންކާއާ އެކުގައި ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފާއިތުވި ޙަފްތާ، ސްރީލަންކާގެ ބަނދަރުގައި އޮތް އެމްވީ އެކްސް-ޕްރެސް ޕަރލް ކޮންޓެއިނާ ބޯޓުގައި އަލިފާން ރޯވެ، ހީނުކުރާވަރުގެ ނުރައްކާތެރި ޙާދިސާއެއް ހިނގުމާއި ގުޅިގެން ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައަށް ފޮނުއްވި ހަމްދަރުދީގެ މެސެޖެއްގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިންޑިޔާ ކަނޑުގެ ޤައުމުތައް ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަނީ ކަނޑުން ލިބޭ އާމްދަނީ އަށްކަމަށް ވާތީ މި ޙާދިސާގެ ސަބަބުން ލިބޭނެ ގެއްލުން އަންދާޒާކޮށްލެވޭކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ސްރީލަންކާއަށް މި ކުރިމަތިވި ހިތާމަވެރި ދަތި އުނދަގޫ ޙާލަތުން އަރައިގަތުމުގައި ދިވެހިރާއްޖެ އޮތީ ސްރީލަންކާއާ އެކު ކަމަށް ރައީސުލްޖުމްހުރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން، މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއާއި ސްރީލަންކާގެ ގާތް ރަޙުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލި އަޅުއްވާލައްވާ ދެ ޤައުމުގެ ގުޅުން މުޞްތަޤްބަލުގައިވެސް ދެމިގެން ދާނެކަން ޔަޤީންކުރައްވާކަމުގައި ބަޔާންކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *