Search Streamline Icon: https://streamlinehq.com

އުރީދޫ މޯލްޑިވްސް އިން ކަސްޓަމަރުންގެ ދުވަސް ފާހަގަކޮށްފި

Ooredoo

އުރީދޫ މޯލްޑިވްސް އިން ކަސްޓަމަރުންނަށް ފުރިހަމަ ތަޖުރިބާ އެއް ކަށަވަރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން އިއްޔެ ކަސްޓަމަރުންގެ ދުވަސް ފާހަގަކޮށްފިއެވެ.

ކަސްޓަމަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްގެ ސީނިއާ ސްޓާފުންނާއި މެނޭޖްމަންޓުން ވަނީ އެ ކުންފުނީގެ ފްރަންޓްލައިންގައި މަސައްކަތްކުރާ ޓީމުތަކުގެ މަސައްކަތުގައި ބައިވެރިވެ ޓީމާއި އަގުހުރި ކަސްޓަމަރުންގެ ގޮންޖެހުންތަކާއި ތަޖުރިބާތައް ދެނެގަނެފައެވެ.

ކަސްޓަމަރުންގެ ދުވަހަކީ މެދުއިރުމައްޗާއި ދެކުނު އިރުމަތީ އޭޝިއާގެ އެކި ކަންކޮޅުތަކުގައި އުރީދޫ ގްރޫޕު ގެ ހުރިހާ ކުންފުންޏަކުންވެސް ކޮންމެ އަހަރަކު ބާއްވަމުން އަންނަ ހަރަކާތެކެވެ.

އުރީދޫ މޯލްޑިވްސް ކަސްޓަމަރުންގެ ދުވަސް 2023 ގެ މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި ކޮންޓެކްޓް ސެންޓަރުތަކާއި ޑިޖިޓަލް ކެއާ އާއި އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތަކުގެ އިތުރުން ބިޒްނަސް ޕާޓްނަރު ފިހާރަތައް ހިމެނޭ ގޮތަށް އުރީދޫ ގެ ހިދުމަތް ފޯރުކޮށްދޭ ކަސްޓަމަރ ޓަޗްޕޮއިންޓްތަކަށް ޒިޔާރަތްކުރުން ހިމެނެއެވެ.

މި ޒިޔާރަތްތަކުގައި ސީނިއާ ސްޓާފުން ވަނީ ކަސްޓަމަރުންނާ ސީދާ މުއާމަލާތްކޮށް، ފީޑްބެކް އަޑުއަހައި، ކަސްޓަމަރުންގެ ބޭނުންތަށް އިތުރަށް ދެނެގަނެފައެވެ.

ކަސްޓަމަރުންނަށް ފުރިހަމަ ތަޖުރިބާއާއި ހިތްހަމަޖެހުމަކީ އުރީދޫ އިން އެންމެ ބޮޑު އިސްކަމެއް ދޭ ކަމެކެވެ. އެހެނކަމުން ކަސްޓަމަރުންގެ ދުވަހުގެ ހަރަކާތްތަކުން ދެނެގަނެވިފައިވާ މައުލޫމާތަށް ބިނާކޮށް އުރީދޫ މޯލްޑިވްސްގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *