Search Streamline Icon: https://streamlinehq.com

އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ އަރިހަށް ސައޫދީ ސަފީރު އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

Muizzu Saudi

އިންތީޚާބީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، ސަޢުދީޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، އިޙުތިރާމުގެ ޒިޔާރަތެއްކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، އިންތިޚާބީ ނައިބު ރައީސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރުގައި، ސަޢުދީޢަރަބިއްޔާއާ އެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ އިސްލާމީ ޤައުމަކަށްވާތީ، ޢަރަބި އިސްލާމީ ޤައުމުތަކާ އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރުމަށް އެދިވަޑައިގަންނަވާކަމަށްވެސް ފާހަގަކުރެއްވިއެވެ. ސަޢުދީޢަރަބިއްޔާގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގައި ކުރިޔަށްގެންގޮސްފައިވާ އަދި މިހާރުވެސް ކުރިޔަށްދާ މަޝްރޫޢުތަކަށް ޝުކުރުއަދާކުރެއްވިއެވެ. އަދި އާ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަކުރެއްވުމުގައި، ސަޢުދީޢަރަބިއްޔާގެ އެހީތެރިކަމާއި ބައިވެރިވުމަށް އެދިވަޑައިގެންނެވިއެވެ.

ސަޢުދީޢަރަބިއްޔާ ސަފީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާ ސަޢުދީޢަރަބިއްޔާއަކީ އެއްގޮތަށް ވުރެ ގިނަ ގޮތުން ގުޅިފައިވާ ދެ ޤައުމުކަން ފާހަގަކުރެއްވިއެވެ.

މި ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި، ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންދެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *