Search Streamline Icon: https://streamlinehq.com

ރާއްޖެ އައި 20 އަހަރުގެ އަންހެނެއްގެ އަތުން 5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ފެނިއްޖެ

Masthuvaathakethi

ރާއްޖެ އައި 20 އަހަރުގެ އަންހެނެއްގެ އަތުން 5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ފެނިއްޖެއެވެ.

ކަސްޓަމްސް އިން ބުނީ ވައިގެ މަގުން ޕާކިސްތާނުން ރާއްޖެއައި ޕާކިސްތާނުގެ ރައްޔިތެއްގެ ލަގެޖުން މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފައިވާ ކަމަށެވެ.

މިތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 7 ވަނަ ދުވަހު ރާއްޖެއައި ޕާކިސްތާނުގެ 20 އަހަރުގެ އަންހެން ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން އެފަސިންޖަރުގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މީގެ އިތުރުން އޭނާގެ ލަގެޖު ބަލާފާސްކުރުމުގެ ތެރޭގައި އެފަސިންޖަރުގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ހުރި ޕެކެއް ފެނުމުން އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން (Heroin) އަށް ވަނީ ޕޮޒިޓިވް ވެފައި ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން ބުނީ އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.720 ކިލޯ ހުރި ކަމަށާއި މިތަކެތީގެ މަގުމަތީ އަގު 5,800,000.00 (5.8 މިލިއަން) ރުފިޔާއަށް އަރާ ކަމަށެވެ.

ކަސްޓަމްސް އިން ބުނީ މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ފަސިންޖަރު ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކުރެވިފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *