ސަރުކާރުގެ ދައުރު ނިމި އިންތިހާބީ ރައީސް ހުވާ ކުރުމާއި ދެމެދު އަންނަ އިންތިޤާލީ މަރުހަލާގައި ސަރުކާރުގެ މުހިންމު ލިޔެކިޔުންތައް ނައްތާލަމުންދާތީ އެކަމާ އޭސީސީން ކަންބޮޑުވުުން ފާޅުކޮށްފިއެވެ.
ސަރުކާރު ހިއްސާވާ އެސްޓީއޯގެ ސަބްސިޑީ ކުންފުންޏެއް ކަމަށްވާ އެފްއެސްއެމްގެ މުހިންމު ލިޔެކިޔުންތައް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅާ ނައްތާލާ މައްސަލަ ދާދި ފަހުން ވަނީ ފެންމަތިވެފައެވެ. މި މައްސަލައިގައި އެފްއެސްއެމުން ބުނަނީ ނައްތާލަނީ ގިނަ ދުވަސްވެ ހަލާކުވެފައިވާ ލިޔެކިޔުންތައް ކަމަށެވެ.
މިކަމާއި ގުޅިގެން މީސްމީޑިޔާގައި ގިނަ ބަޔަކު ދަނީ މި ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލލްސާގައިވެސް ވަނީ މި މައްސަލައަށް ބަހުސްކުރެވިފައެވެ.
އީސީސީން ވަނީ މިފަދަ އަމަލުތައް ހުއްޓުވައިދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައެވެ.
އޭސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރާއި ސަރުކާރު ކުންފުނިތަކުގެ ލިޔެކިޔުން ނައްތައިލަމުންދާކަމުގެ ޝަކުވާ އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި، ބައެއް ފަރާތްތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާތީއާއި ކޮމިޝަނުގެ ސަމާލުކަމަށް މިކަން އައިސްފައިވާ ކަމަށެވެ.
އަދި ދައުލަތުގެ ލިޔުންތަކަށް ބަދަލުގެނައުމާއި ލިޔެކިޔުން ނައްތައިލުމާއި ފޮރުވަން އުޅުން ފަދަ ކަންކަމަކީ ކޮމިޝަނުގެ ތަހުގީގުތަކަށް އެކަމުގެ ސަބަބުން ހުރަސްއެޅޭނެ އަމަލުތަކެއް ކަމަށްވާތީ އެފަދަ އަމަލުތައް ހުއްޓައިލަން އަންގާކަމަށް ކޮމިޝަނުގެ ބަޔާނުގައި ގޮވާލައިފާވެއެވެ.
އެ ވީޑިއޯ އާންމު ކުރި އެފްއެސްއެމްގެ މީޓަރު ޓެކްނީޝަން އަހުމަދު އަނީސް ބުނީ އެ މަންޒަރުތައް އޭނާ ވީޑިއޯ ކުރީ އެއީ އެ ކުންފުނިން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭ ލިޔެކިޔުންތަކެއް ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.









