ލަންކާގެ ވެރިރަށް ކޮލަމްބޯގައި ވަރުގަދަ އަލިފާނުގެ ހާދިސާއެއް ހިގައި އެތައް ބަޔަކު ފިހިއްޖެއެވެ.
އެގައުމުގެ މީޑީޔާތަކުން ރިޕޯޓްކުރާ ގޮތުގައި ކޮލަމްބޯގެ މަޝްހޫރު ޕެއްޓާ ސަރަހައްދުގައި އަލިފާނުގެ ބޮޑު ހާދިސާއެއް މިވަނީ ހިނގައިފައެވެ.
މި ހާދިސާގައި ފިހިގެން 17 މީހަކަށް ދަނީ ކޮލަމްބޯ ޖެނެރަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެމީހުންގެ ހާލު ސީރިޔަސް ކަމަށާއި ބައެއް މީހުން ވަރަށް ބޮޑަށް ފިހުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.
https://x.com/SriLankaTweet/status/1717778156273496554?s=20
މި ހާދިސާ ހިނގާފައިވަނީ ޕެއްޓާގެ ސެކަންޑް ކްރޮސް ސްޓްރީޓްގައި ހުންނަ ހެދުން ފިހާރައެއްގައިިއެވެ. ކޮލަމްބޯ ޖެނެރަލް ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި ޒަހަމްވި މީހުންގެ ތެރެއިން ހަ މީހެއްގެ ހާލު ސީރިއަސްއެވެ.
އަލިފާން ނިއްވުމަށް ކޮލަމްބޯ ފްރައި ބްރިގޭޑްގެ ހަތް އުޅަނދެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ. މި ހާދިސާގެ ތަހުގީގު ލަންކާ ފުލުހުން މިހާރު ވަނި ފަށާފައިއެވެ.









