ރާއްޖޭގެ ހުޅަނގު ދެނުނަށް މަހަށް ނިކުމެ އުޅުނު މަސްދޯންޏެއް ބިންދައިގެން ގޮސްފި އެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދެއްވި ގޮތުގައި އައްޑޫ ސިޓީގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 25 ނޯޓިކަލް މޭލު ބޭރުން، ’އޯކިޑް 707’ މަސްދޯނި ބިންދައިގެން ދިއުމާއި ގުޅިގެން އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން މިހާރު އަންނަނީ ކުރަމުންނެވެ.
އެން އެމްޑީއެފް ވިދާޅުވީ މިޙާދިސާގައި ދޯނީގެ ކުރީކޮޅާއި ފަހަތުކޮޅު އެއްކޮށް ވަކިވެފައިވާކަމަށާއި ނަމަވެސް ދޯނީގައި ތިބި 10 ދިވެހިންނާއި 13 ބިދޭސީންގެ ޙާލު ރަގަޅުކަމަށް މަޢުލޫމާތު ލިބިފައިވާކަމުގަ އެވެ.
މިސަރަހައްދުގައި ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް‘ ދޮށިމޭނާ’ ދަނީ ހަރަކާތްތެރިވަމުން ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވަ އެވެ.









