ތަމްރީނު ޕްރޮގްރާމެއްގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެ ބޯޓުން ދަތުރުކުރި އެންމެން މަރުވެއްޖެ އެވެ.
އަސްކަރީ ތަމްރީނުތަކެއްގެ ތެރޭގައި މި ހާދިޘާ ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އެމެރިކާއިންވެސް މިކަން ކަށަވަރުކޮށްދީފައިވާއިރު އެޤައުމުން ބުނެފައިވަނީ، އެމެރިކާ އަސްކަރިއްޔާއިން ކުރިއަށްގެންދިޔަ އަސްކަރީ ތަމްރީނުތަކެއްގައި ބޭނުންކުރި އުޅަނދެއް މެޑިޓޭރިއަން ކަނޑަށް ވެއްޓި އެ އުޅަނދުން ދަތުރުކުރި 05 މީހަކު މަރުވެފައިވާކަމުގަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި އަހަރުގެ މާރިޗު މަހުގެ ތެރޭގައިވެސް އެމެރިކާ އަސްކަރިއްޔާގެ ދެ ހެލިކޮޕްޓަރެއް ވެއްޓިފައިވާއިރު މި ހާދިޘާތަކުގައިވެސް އެއިން ދަތުރުކުރި އެމެރިކާ އަސްކަރިއްޔާގެ ހުރިހާ އޮފިޝަލުންވަނީ މަރުވެފަ އެވެ.
އިސްލާމީ އުންމަތާ ދެކޮޅަށް އަބަދުވެސް ހަނގުރާމަކުރާ އެމެރިކާއިން މިހާރުވެސް ދަނީ ޣައްޒާގައި ޤަތުލްއާއްމު ހިންގަމުންދާ އިޒްރޭލަށް ފާޅުގައި ވާގިވެރިވަމުންނެވެ. އަދި އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަމުންދަނީވެސް ސީދާ އެމެރިކާއިން ކަމަށް މީޑީއާ ރިޕޯޓްތައް ބުނެއެވެ.
އެމެރިކާއިން ގެންދަނީ އިޒްރޭލުގެ ދިފާޢުގައި ބައިނަލްއަޤްވާމީ ޤާނޫނުތަކާވެސް ޚިލާފުވެ ހަނގުރާމައިގެ ޖަރީމާތަކުގައިވެސް ބައިވެރިވަމުން ނެވެ.









