Search Streamline Icon: https://streamlinehq.com

މަސްވެރިންގެ ދުވަސް ފާހަގަކުރާނެ ރަށެއް ކަނޑައަޅަން ޕްރޮޕޯސަލްއަށް ހުޅުވާލައިފި

Masverin fenvaruonline

ތިލަދުންމަތި އުތުރުބުރީގައި، އަތޮޅު ފެންވަރުގައި މަސްވެރިންގެ ދުވަހެއް ފާހަގަ ކުރާނެ ރަށެއް ކަނޑައަޅަން ނިންމައި ޕްރޮޕޯސަލް ހުށަހެޅުމަށް އެ އަތޮޅަށް ހުޅުވާލައިފިއެވެ.

ހއ.އަތޮޅު ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ހއ. އަތޮޅު ކައުންސިލްގެ އިދާރާއިން ސިލްސިލާކޮށް އަތޮޅު ފެންވަރުގައި ފާހަގަކުރަމުންގެންދާ މަސްވެރިންގެ ދުވަސް މި އަހަރުވެސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ ކަމުގަ އެވެ.

މަސްވެރިންގެ ދުވަސް މި އަހަރު ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ މަސްވެރިންދުވަށް ފާހަގަކުރުމަސް އެދިލައްވާ އެއަތޮޅުގެ ރަށު ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށާއި، ކުލަބު ޖަމްޢިއްޔާތަކުން އެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިގެން ކަމަށް އެ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވެއެވެ.

އަތޮޅުކައުންސިލުން ބުނީ މަސްވެރިންގެ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރަން ބޭނުންވާ ރަށްރަށުން، އެކަމަށްއެދި ހުށަހަޅާ ޕްރޮޕޯސަލް ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، 2023 ނޮވެންބަރު 19 ވާ އާދީއްތަ ދުވަހުގެ 12:00 ކުރިން އެ ކައުންސިލްގެ ރަސްމީ އީމެއިލް މެދުވެރިކޮށް ނުވަތަ އެ ކައުންސިލަށް ޕްރޮޕޯސަލް ފޯމް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.

ހއ.އަތޮޅުކައުންސިލުން ހާމަކުރެއްވިގޮތުގައި މަސްވެރިންގެ ދުވަސް ހޯސްޓްކުރާނެ ރަށްތައް ކަނޑައަޅަން ހަމަޖެހިފައި ވަނީ ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ފޯމުގައި ކަނޑައަޅާފައިވާ ބައިތަކަށް ލިބޭ މާކްސްއަށް ބަލައި އިވަލުއޭޝަން ކޮމިޓީން ނިންމާ ގޮތެއްގެ މަތީންނެވެ.

Leave a Reply

Your email address will not be published. Required fields are marked *