Search Streamline Icon: https://streamlinehq.com

ދިވެހިންގެ ކަންކަން ނިންމާނީ ދިވެހީން: ރައީސް ޑރ. މުހައްމަދު މުޢިއްްޒު

Dr. Muizzu fenvaruonline

ދިވެހިންގެ ކަންކަން ނިންމާނީ ދިވެހީން ކަމަށާއި، އެކަމުގައި އެންމެ އިސްދައުރެއް އަދާކުރެވޭނެ ބަޔަކީ، ކޮންމެ ދާއިރާއަކުން ނަމަވެސް، ކަމުގެ ހޭލުންތެރިކަން ލިބިފައިވާ ފަރާތްތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢީއްޒު ވިދާޅުވެއްޖެ އެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގެން، ދެއްވި ފުރަތަމަ ތަޤުރީރުގަ އެވެ. އެމަނިކުފާނު ތަޤްރީރުކުރެއްވީ މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ހުވައި ކުރުމުގެ ރަސްމިއްޔާތުގަ އެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޢިލްމީ ކޮންމެ ގަހަކީ މޭވާ ގަންނަ، ވަރިހެޔޮ ގަހަކަށްވުމަކީ އެމަކުފާނު ވަރަށް ބޮޑަށް އެދިވަޑާއިގަންނަވާ ކަމެެއްކަމުގަ އެވެ.

”އަޅުގަނޑު ބޭނުންވާ ގޮތަކީ، ޤައުމީ ތަރައްޤީއާ ބެހޭ ސިޔާސަތުތައް އެކުލަވައިލުމުގައި، ބިންގަލަކީ އަދި އަސްލަކީ، ޢިލްމުވެރީންގެ ޢިލްމީ ދިރާސާތައް ކަމުގައި ހެދުން. އެހެނީ، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ދިވެހީންގެ ކަންކަން ނިންމާނީ ދިވެހީން. އެކަމުގައި އެންމެ އިސްދައުރެއް އަދާކުރެވޭނެ ބަޔަކީ، ކޮންމެ ދާއިރާއަކުން ނަމަވެސް، ކަމުގެ ހޭލުންތެރިކަން ލިބިފައިވާ ފަރާތްތައް. އެހެންކަމުން، ޢިލްމީ ކޮންމެ ގަހަކީ މޭވާ ގަންނަ، ވަރިހެޔޮ ގަހަކަށްވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން.“ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެކި ދާއިރާތަކުން ކިޔަވައި ވިދާޅުވެގެން ތިއްބެވި ޢިއްޒަތްތެރި ޢިލްމުވެރީންނާއި، ރާއްޖޭގެ ޢިލްމީ މުއައްސަސާތަކުގެ ފަރާތުން އެމަނިކުފާ އެދިވަޑައިގަންނަވާ މުހިންމު ކަމެއްގެ ވާހަކަ ދަންނަވާލަން ބޭނުންފުޅުވާ ކަމަށާއި އެކަމަކީ، ސަރުކާރު ހިންގުމަށް އެމަނިކުފާނަށް ވަރަށް ބޭނުންފުޅުވާ ކަމެއްކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އެކަމަކީ، ތިޔަބޭފުޅުންގެ ޢިލްމީ ދިރާސާތައް ގިނަކުރައްވައި، އެ ދިރާސާތައް އާންމުކުރެއްވުންކަމުގަ އެވެ. އަދި އެކަމުގެ މަގުތައް ތަނަވަސްކޮށްދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *