Search Streamline Icon: https://streamlinehq.com

ޔޫރޯ ކޮލިފައިން: ރޭ ކުޅުނު މެޗުތަކުން އިޓަލީއާއި އިންގްލެންޑް މޮޅުވެއްޖެ

3827687 77786668 2560

އަންނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައި ވުމަށް ކުޅޭ މެޗުތަކުގެ ތެރެއިން ގުރޫޕް ސީ ގައި ރޭ ކުޅުނު މެޗުތަކުން އިންގްލެންޑާއި އިޓަލީ މޮޅުވެއްޖެއެވެ.

މޮލްޓާ އާއި ދެކޮޅަށް ކުޅުނު މެޗު އިންގްލެންޑުން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއިންނެވެ.

މި މެޗުގައި މޮޅަށް ކުޅެ ގިނަ ފުރުސަތުތައް ތަނަވަސްކުރީ އިންގްލެންޑުންނެވެ. މެޗުގެ ފެށިނެގް އަށް ވަނަ މިނެޓުގައި އިންގްލެންޑުން މެޗުގެ ލީޑުނެގިއެވެ. އެ ޓީމުން މެޗުގެ ލީޑު ނެގީ މޯލްޓާގެ އެންރިކޯ ޕެޕޭ އަތުން ބައިކޮޅަށް ވަތް ލަނޑަކުންނެވެ. އިންގްލެންޑުން މެޗުގެ ލީޑު ފުޅާކުރީ ދެވަނަ ހާފުގެ 75 ވަނަ މިނެޓުގައި ހެރީކޭން ޖަހައިދިން ލަނޑުންނެވެ. ކޭން މި ލަނޑު ޖެހީ ބުކާޔޯ ސަކާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ރޭގެ މި މޮޅާއި އެކު އިންގްލެންޑުން ވަނީ ގުރޫޕް ސީގެ އެއްވަނާގައި ހަ ޕޮއިންޓް ގެ ލީޑެއް ނަގާފައެވެ. އިންގްލެންޑް އެއްވަނާގައި އޮތީ ކޮލިފައިން ގައި މިހާތަނަށް ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެ ޖުމުލަ 19 ޕޮއިންޓް ހޯދައިގެންނެވެ. މޯލްޓާ އޮތީ ޕޮއިންޓެއް ނުލިބި ގުރޫޕުގެ އެންމެ ފުލުގައެވެ.

އިޓަލީ އަދި ނޯތް މެސެޑޯނިއާ ބައްދަލުކުރި މެޗު އިޓަލީން ކާމިޔާބު ކުރީ 5-2 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އިޓަލީން ތިން ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު ޖަހާފައިވަނީ ދެވަނަ ހާފުގައެވެ. އިޓަލީ އަށް ލަނޑުތައް ޖަހައިދިނީ މަޓިއޯ ޑާމިއަން، ފެޑްރިޗް ކިއޭސާ، ޖިއަކޯމޯ ރަސްޕަޑޯރީގެ އިތުރުން އެލް ޝާރަވޭ އެވެ. ކިއޭސާ ވަނީ މި މެޗުގައި ދެ ލަނޑު ޖަހާފައެވެ. ނޯތް މެސެޑޯނިއާއަށް ލަނޑުތައް ޖަހައިދިނީ ޖެނީ އަޓަންސޯފްއެވެ. ރޭގެ މި މޮޅާއި އެކު އިޓަލީ ދެވަނާގައި އޮތީ ކުޅުނު ހަތް މެޗުން 13 ޕޮއިންޓް ލިބިގެންނެވެ. ނޯތް މެސެޑޯނިއާ އޮތީ ހަތް ޕޮއިންޓާއި އެކު ގުރޫޕުގެ ހަތަރުވަނާގައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި