Search Streamline Icon: https://streamlinehq.com

ޕްރިމިއާ ލީގު: ނިއުކާސަލް އަތުން ބަލިވެ، ޔުނައިޓެޑް ތާވަލްގެ ހަތްވަނަ އަށް ސޮއްސާލައިފި

Newcastle United v Manchester United Premier League

އިނިގޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ލީގުތާވަލްގެ ހަތްވަނައަށް މެންޗެސްޓަރ ޔުނައިޓެޑް ވެއްޓިއްޖެއެވެ.

ނިއުކާސަލް ގެ ދަނޑުގައި ކުޅުނު މި މެޗުން ޔުނައިޓެޑް ބަލިވީ 1-0 ގެ ނަތީޖާއިންނެވެ.

މުޅި މެޗުގައި ރަނގަޅަށް ކުޅެ ގިނަ ފުރުސަތުތައް ތަނަވަސްކޮށް، ގިނަ ހަމަލާތައް އުފެއްދީ ނިއުކާސަލުންނެވެ. އެގޮތުން މުޅި މެޗުގައި ޔުނައިޓެޑަށް ނިއުކާސަލްގެ ގޯލާއި އަމާޒުކޮށް، އޮންޓާގެޓަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. އޮފްޓާގެޓަށް ފޮނުވާލެވުޖީ ދެ ހަމަލާއެވެ. ނިއުކާސަލް އިން ވަނީ އޮންޓާގެޓަށް ޔުނައިޓެޑްގެ ގޯލަށް ހަތަރު ހަމަލާ ފޮނުވާލާފައެވެ. އަދި އޮފްޓާގެޓަށް 11 ހަމަލާ ފޮނުވާލާފައިވެއެވެ.

ޔުނައިޓެޑުގެ ފަރާތުން ދައް ކުޅުމެއް މި މެޗުގައި ފެނިގެން ދިޔައިރު، މި މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު ނިއުކާސަލް އިން ކާމިޔާބު ކުރީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި ލަނޑު ޖަހާ ނިއުކާސަލް މޮޅުކޮށްދިނީ އެންތަނީ ގޯޑެންއެވެ. މި ލަނޑު ޖެހުމަށް އެހީތެރިވެދިނީ ކިއެރެން ޓްރިޕިއާއެވެ. މި މެޗުން ޔުނައިޓެޑް ބަލިވިއިރު، މިއީ މިފަހަރުގެ ލީގުގައި އެޓީމު ބަލިވި ހަވަނަ މެޗެވެ.

ރޭގެ މި މޮޅާއި އެކު ނިއުކާސަލް އޮތީ އެޓީމުން މިހާތަނަށް ކުޅުނު 14 މެޗުން 26 ޕޮއިންޓް ހޯދައިގެން ފަސްވަނާގައެވެ. އަދި ޔުނައިޓެޑް ވަނީ ރޭ ވި ބައްޔާއި އެކު ތާވަލްގެ ހަތްވަނަ އަށް ވެއްޓިފައެވެ. ޔުނައިޓެޑް ހަތްވަނާގައި އޮތީ ކުޅުނު 14 މެޗުން 24 ޕޮއިންޓުލިބިގެންނެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *