އަންނަ އަހަރު ޖަރުމަނުގައި ބާއްވަން ޔޫރަޕް ގައުމުތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް، ޔޫރޯ 2024ގެ ގްރޫޕް ސްޓޭޖުގެ ގުރުއަތުލުން ބާއްވައިފިއެވެ.
މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތު އޮތީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޖަރުމަނުގެ ހޭމްބާގުގައެވެ.
އެންމެ ފަހުން 2020 ވަނަ އަހަރު ބޭއްވުނު ޔޫރޯ މުބާރާތް ކާމިޔާބު ކުރި އިޓަލީ އާއި ސްޕެއިން ހިމެނުނީ ގްރޫޕް ބީ ގައެވެ. ދެން މި ގުރޫޕުގައި ހިމެނެނީ ކްރޮއޭޝިއާ އަދި އަލްބޭނިއާއެވެ.
ޓީމުތައް ގުރޫޕް ތަކަށް ބެހިފައިވާ ގޮތަށް ބަލާއިރު، ގުރޫޕް އޭ ގައި ހިމެނެނީ ޖަރުމަނު، ސްކޮޓްލޭންޑް، ހަންގޭރީ، ސްވިޒަލެންޑް އެވެ. ގުރޫޕް ބީގައި ހިމެނެނީ ސްޕެއިން، ކްރޮއޭޝިއާ، އިޓަލީ، އަލްބޭނިއާ އެވެ. ގުރޫޕް ސީގައި ހިމެނުނީ ސްލޮވޭނިއާ، ޑެންމާކު، ސާބިއާ، އިންގްލެންޑްއެވެ.
ގުރޫޕް ޑީ އަށް ބަލާއިރު، އެގުރޫޕުގައި ހިމެނެނީ ޕްލޭ-އޮފް ވިނާ އޭ، ނެދަލޭންޑްސް، އޮސްޓްރިއާ، ފްރާންސްއެވެ. ގުރޫޕް އީ ގައި ހިމެނެނީ ބެލްޖިއަމް، ސްލޮވޭކިއާ، ރޮމޭނިއާ، ޕްލޭ-އޮފް ވިނާ ބީ އެވެ. އަދި ގުރޫޕް އެފް ގައި ހިމެނުނު ޓީމުތަކަކީ ތުރުކީ، ޕްލޭ-އޮފް ވިނާ ސީ، ޕޯޗުގަލް، ޗެކު ރިޕަބްލިކްއެވެ.
ޔޫރޯ ކޮލިފިކޭޝަންގެ ޕްލޭ-އޮފް މެޗުތަކަށް ފަހު ތިން ޓީމެއް ކޮލިފައިވާއިރު، ޕްލޭ-އޮފް ކުޅޭނެ ޓީމުތަކަކީ ޕޮލެންޑް، އެސްޓޯނިއާ، ވޭލްސްއާއި ފިންލެންޑް، އިސްރާއީލް، ބޮސްނިއާ، ޔުކްރެއިން، އައިސްލެންޑް، ޖޯޖިއާ، ގްރީސް، ކަޒަކިސްތާން އަދި ލަކްސަމްބާގެވެ.
ޔޫރޯ 2024ގެ ޕްލޭ-އޮފް މެޗުތައް ކުޅެން ހަމަޖެހިފައިވާ ގޮތް:
ޕާތް އޭ: ސެމީފައިނަލް 2 : ވޭލްސް އަދި ފިންލެންޑް (21 މާޗް 2024) / ޕޯލަންޑް – އެސްޓޯނިއާ ( 21 މާޗް 2023) / ޕްލޭ-އޮފް ފައިނަލް: (26 މާޗް 2024).
ޕާތް ބީ: ސެމީފައިނަލް 2: ބޮސްނިއާ ހެޒްގޮވީނާ – ޔޫކްރެއިން ( 21 މާޗް 2024) / އިސްރާއީލް – އައިސްލެންޑް (21 މާޗް 2024) / ޕްލޭ-އޮފް ފައިނަލް : (26 މާޗް 2024).
ޕާތް ސީ: ސެމީފައިނަލްސް: ޖޯޖިއާ – ލަގްޒެމްބާގް ( 21 މާޗް 2024) / ގްރީސް – ކަޒަކިސްތާން (21 މާޗް 2024) / ޕްލޭ-އޮފް ފައިނަލް: (26 މާޗް 2024).
ޔޫރޯ ފުޓްބޯޅަ މުބާރާތް ފަށާނީ އަންނަ އަހަރުގެ ޖޫން މަހުގެ 14 ގައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ގައުމު ޖަރުމަނާއި ސްކޮޓްލޭންޑެވެ.













