Search Streamline Icon: https://streamlinehq.com

ޕްރިމިއާ ލީގު: ސިޓީ ބަލިކޮށް އެސްޓަން ވިލާ ތިންވަނައަށް

Premier League Aston Villa v Manchester City

އިނގިރޭސި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެރޭ އެންމެ ފަހުގެ ލީގު ޗެމްޕިއަން މެންޗެސްޓަރ ސިޓީއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ލީގުގެ ތިންވަނައަށް އެސްޓަން ވިލާއިން ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި އެސްޓަން ވިލާއިން ސިޓީ ބަލިކުރީ 1-0 ގެ ނަތީޖާއިންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެއެވެ. ފުރަތަމަ ހާފުގެ ނިމުނީ 0-0 ގެ ނަތީޖާއިންނެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމަ އެކަނި ލަނޑު، އެސްޓަން ވިލާއިން މެޗުގެ ތިން ޕޮއިންޓު ކަށަވަރުކުރި ލަނޑު ޖެހީ ދެވަނަ ހާފުގެ 74 ވަނަ މިނެޓުގައެވެ. މި ލަނޑު އެސްޓަން ވިލާއަށް ޖަހައިދިނީ ޔޫރީ ޓިއެލަމަންސް ގެ އެހީތެރިކަމާއި އެކު ލިއޮން ބެއިލީއެވެ.

މި މޮޅާއި އެކު އެސްޓަން ވިލާއިން ލީގުގެ ތިންވަނައަށް އެރިއިރު، އެޓީމު ވަނީ ކުޅުނު 15 މެޗުން 32 ޕޮއިންޓު ހޯދާފައެވެ. އަދި ސިޓީ އޮތީ 30 ޕޮއިންޓާއި އެކު ހަތަރުވަނާގައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި