Search Streamline Icon: https://streamlinehq.com

ވެލިދޫ ދާއިރާއަށް މިފަހަރު ޕްރިންސިޕަލް އަމްޖޭ

Amjey velidhoo dhaairaa

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީ ޕްރައިމަރީގައި ނ. ވެލިދޫ ދާއިރާގެ މަޖިލިސްގޮނޑިއަށް ވާދަކުރައްވަން ނިންމަވާފައިވާ ނ. ވެލިދޫ އާހަމަ އަމްޖަދު ހުސައިން (އަމްޖޭ) އެ ދާއިރާގެ މަޖިލިސް ގޮނޑިއަށް އިންތިޚާބުކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި އެދާއިރާގެ ގިނަބަޔަކު ބުނެފި އެވެ.

”ފެންވަރު އޮންލައިން“ އަށް މަޢުލޫމާތު ޙިއްޞާ ކުރައްވަމުން ވެލިދޫ ދާއިރާއިން މައުލޫމާތު ދެއްވި ގިނަ ބަޔަކު ވިދާޅުވެފައިވަނީ އަންނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވެލިދޫ ދާއިރާއަށް ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި ވެލިދޫ ދާއިރާގެ ރައްޔިތުންގެ އަޑު މަޖިލީހުގައި އިއްވައި، ދާއިރާ ރައްޔިތުންގެ ޙައްޤުގައި ވަކާލާތު ކުރެވޭ ވަރުގެ ތަޢުލީމާއި ލަޔާޤަތާއި ހުނަރާއި ޤާބިލްކަން ހުރި ހަމައެކަނި ބޭފުޅަކީ ޕްރިންސިޕަލް އަމްޖޭ ކަމުގައެވެ.

“ މި ދާއިރާއަށް މިފަހަރު ވާދަކުރާ މީހުންގެ ތެރޭގަ ޤާނޫނު ހަދާ ލަޖިލީހަކަށް ހޮވަން ހަމަ އެންމެ ރަނގަޅު މީހަކީ އަމްޖޭ. އެވަރުގެ މޮޅު މީހަކު މިފަހަރު މި ދާއިރާއަށް ކުރިމަތި ލައިފައެއް ނެތް. އަމްޖޭއަކީ މަތީ ތައުލީމް ޚާޞިލްކޮށްފަ ހުރި ހުނަރުވެރި ޤާބިލް ޕްރިންސިޕަލެއް. ވަރަށް ގިނަ ރަށްރަށުގެ ސްކޫލްތަކުގަ އަމްޖޭ ވަނީ ޕްރިންސިޕަލްކަން ކޮށްފަ. މި ދާއިރާގެ ގިނަބަޔަކު ފިސާރި ކެރިގެން ތިބީ އަމްޖޭ ހޮވަން ތައްޔާރުވެގެން. އެހެންވީމަ މި ދަންނަވަނީ ހަމަ އަމްޖޭ ވަރެއް ނެތޭ.“ ވެލިދޫ ދާއިރާއިން ވާހަމަދެއްކި ބޭފުޅަކު ނަން ނުޖެހުމަށް ޝަރުޠުކޮށް ފެންވަރަށް މައުލޫމާތު ޙިއްޞާކުރެއްވި އެވެ.

އޭނާ ބުނީ ވެލިދޫ ދާއިރާގެ ގިނަ ބަޔަކު މިފަހަރު ތިބީ ދާއިރާގެ ގޮނޑިއަށް އަމްޖޭ އިންތިޚާބު ކުރުމަށް ފިސާރި ކެރިގެން ކަމުގަ އެވެ. އެއީ އަމްޖޭ އަކީ ރައްޔިތުންނާއި އެންމެ ގާތުން ބައްދަލްވެ ވާހަކަދެކެވޭ މީހަކަށް ވުމާއި ޕޯނުން ވެސް އަމްޖޭއާ ވާހަކަ ދައްކާލުމަކީ މާ އުނދަގޫ ކަމަކަށް ނުވާތީއެވެ.

“ ކޮންމެ މީހަކު ގުޅިޔަސް ފޯނުނަގާނެ. އެންމެ ނިކަމެތި މީހާއާވެސް ވާހަކަ ދައްކާނެ. ހުރިހައި ޢުމުރެއްގެ މީހުްނނާއި ގުޅޭނެ. ޒުވާނުންނާއި މުސްކުޅިންގެ އިހްސާސްތައް ދަންނަ ތަޢޫލީމީ ބޭފުޅެއް އަމްޖޭއަކީ“

ވެލިދޫ ދާއިރާގެ ބައެއް ބޭފުޅުން ދެކިލައްވާ ގޮތުގައި މިފަހަރު އެ ދާއިރާއަށް ވާދަކުރައްވާ ބޭފުޅޫްނގެ ތެރޭޣައި ދާއިރާ ރައްޔިތުންގެ ޙައްޤުގައި ރައްޔިތުންގެ މަޖިލީހުގައި ވަކާލާތު ކުރެވޭ ފެންވަރުގެ ހަމައެކަނި ބޭފުޅަކީ އަމްޖޭ އެވެ.

ޙާލަތު ބަދަލުކުރަން ބޭނުންވާ ގިނަބައެއްގެ ޚިޔާލާއި ވިސްނުން ހުރީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ހޫނުކުރައްވަން ތިއްބެވި ނާޤާބިލް ބޭފުޅުންގެ ބަދަލުގައި އަންނަ ރައްޔިތުންގެ މަޖިލީހަށް ތަޢުލީމީ ޤާބިލް ހުނަރުވެރި ބޭފުޅުން އިންތިޚާބު ކުރުމަށެވެ. ވެލިދޫ ދާއިރާއަށް ވާދަކުރައްވާ އަމްޖޭއަކީ ވެސް ހަމަ މިފަދަ ހުނަރުވެރި ޤާބިލް ޓައުލީމީ ބޭފުޅެއްކަމަށް ވެލިދޫ ދާއިރާގެ ގިނަ ބަޔަކު ޤާބޫލު ކުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *