Search Streamline Icon: https://streamlinehq.com

ދިވެހި ފަންނާނުންނަށް ގެއްލުންވާނެ އެއްވެސް ކަމެއް މި ސަަރުކާރަކުން ނުކުރާނެ: މިނިސްޓަރ ފައިސަލް

Minister faisal fenvaruonline bahee

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދިވެހިފަންނާނުންނަށް ގެއްލުންވާފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމުގައި ފަތުރުކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދިވެހި ފަންނާނުންނަށް ގެއްލުންވާފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމުގަ އެވެ. އަދި ދިވެހި ފަންނާނުންނަށް ފަތުރުވެރިކަމުގެ ދައިރާއިން ފަހި ފުރުޞަތުތަކެއް ހޯދައިދެއްވުމަކީ، އެމަނިކުފާނުގެ އަމާޒެއް ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު ފައިސަލް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ކަމާއި ގުޅުންހުރި، ހުރިހާ ބޭފުޅުންނާއި ބައްދަލުކުރައްވައި ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައި، ރައީސް ޑރ. މުޢިއްޒުގެ ލަފާފުޅުގެމަތިން އެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށްވެސް މިނިސްޓަރ ފައިސަލް ވިދާޅުވިއެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު ފައިސަލް މިހެން ވިދާޅުވެފައި މިވަނީ، ބިދޭސީ ފަންނުވެރިން ރާއްޖެ ގެނައުމުގެ ފުރުޞަތު ދިނުމަށް މަޓީން އެދިފައިވާ ދަނޑިވަޅެއްގަ އެވެ. މަޓީން ވަނީ ފަތުރުވެރިކަމާބެހޭ ސިނާޢަތަށް ބޭނުންވާ ދިވެހި ފަންނުވެރިން ނެތްކަމަށް ބުނެފަ އެވެ. އަދި ދިވެހި ފަންނާނުން ނުލިބޭތަން ފުރަން ބިދޭސީން ބޭނުންވާނެ ކަމަށްވެސް މަޓީން ބުނެފައިވެ އެވެ.

މިކަމާއި ގުޅިގެން ދިވެހި ދިވެހި މިޔުޒިޝަނުންނާއި ފަންނުވެރިން ވަނީ ވަރަށް ބޮޑަށް ކަނބޮޑުވުން ފާޅުކޮށްފަ އެވެ.

ދިވެހި ފަންނުވެރިންނަށް ރާއްޖޭގެ ބައެއް ރިސޯޓުތަކުންނާއި ގެސްޓު ހައުސްތަކުންވެސް އެމީހުންގެ ހުނަރު ދައްކާލުމުގެ ފުރުޞަތު ލިބެނީ ވަރަށް މަދުންކަން ދިވެހި ފަންނާނުންވަނީ ފާހަގަ ކޮށްފަ އެެވެ.

Leave a Reply

Your email address will not be published. Required fields are marked *