Search Streamline Icon: https://streamlinehq.com

އަމީރު އަޙްމަދު ސްކޫލުގެ ސްޓަރ ދަރިވަރުންނަށް ފަޔަރ އެވެއަރނަސް ކުލާހެއް

MNDF
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އަމީރު އަޙްމަދު ސްކޫލުގެ ސްޓަރ ދަރިވަރުންނަށް ފަޔަރ އެވެއަރނަސް ކުލާހެއް ކުރިއަށް ގެންގޮސްފިއެވެ.
މިއަދު އަމީރު އަޙްމަދު ސްކޫލުގައި ކުރިއަށް ގެންދިޔަ މި ކުލާހުގައި އެ ސްކޫލުގެ 30 ސްޓަރ ދަރިވަރުންނާއި ހަތަރު މުދައްރިސުން ބައިވެރިވިއެވެ.
މި ފަޔަރ އެވެއަރނަސް ކުލާހުގައި ސްކޫލާއި ގޭތެރޭގެ މާހައުލުގައި ދަރިވަރުން އުޅޭއިރު އަލިފާނުގެ ހާދިސާއިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ދަރިވަރުންނަށް ވަނީ މަޢުލޫމާތު ފޯރުކޮށްދީފައެވެ.
އެގޮތުން ހަށިގަނޑުގައި އަލިފާން ރޯވެއްޖެނަމަ ހަދާނެގޮތް (ސްޓޮޕް، ޑްރޮޕް، ރޯލް) ދަރިވަރުންނަށް ކިޔައިދީ، ދަރިވަރުން ލައްވާ ވަނީ ފަރިތަކުރުވާފައެވެ.
މި ކުލާހުގައި ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިންނެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *