ހއ. އުތީމު، ޣާޒީ ބަންޑާރައިން ސްކޫލުގެ ދަރިވަރުން، އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ޝަހީދު ޢަލީއަށް މިއަދު ޒިޔާރަތްކޮށްފިއެވެ.
ޣާޒީ ބަންޑާރައިން ސްކޫލުގައި ތަޢުލީމު ހާސިލުކުރަމުންދާ 141 ދަރިވަރުން ބައިވެރިވި މި ޒިޔާރަތަކީ، ކަނޑު ދަތުރުފަތުރާ ބެހޭ ގޮތުން މަޢުލޫމާތު ހޯދުމަށް ކުރި ޒިޔާރަތެކެވެ. ޣާޒީ ބަންޑާރައިން ސްކޫލުގެ ދަރިވަރުންނާއެކު އެ ސްކޫލުގެ 18 ޓީޗަރުން ވެސް މި ޒިޔާރަތުގައި ބައިވެރިވި އެވެ.
މި ޒިޔާރަތުގައި، ދަރިވަރުންނަށް ވަނީ ކަނޑު ދަތުރުފަތުރާ ގުޅޭ ގޮތުންނާއި، ކަނޑުދަތުރު ކުރުމުގައާއި ޑައިވްކުރުމުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންވީ ފިޔަވަޅުތަކާ ގުޅޭގޮތުންނާއި، ލައިފް ޖެކެޓް އަޅަންވީ ގޮތާއި، ފަޔަރ އިކުއިޕްމަންޓް، އަދި ޑައިވިންގ އިކުއިޕްމަންޓް ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދެއްވާފަ އެވެ. ހަމައެއާއެކު، އެމްއެންޑީއެފްގައި ހުރި ވަޒީފާގެ ފުރުސަތުތަކުގެ މަޢުލޫމާތު ވެސް ދަރިވަރުންނަށް ވަނީ ފޯރުކޮށްދެއްވާފަ އެވެ.
މި ޒިޔާރަތުގައި، ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީގައި މަސައްކަތްކުރާ ސިފައިންނެވެ.









