ކުރިންވެސް ހަމަޖައްސަވައިފައިވާގޮތަށް، މި އަހަރުވެސް ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 ން މެންދުރުފަހު 1:00 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފި އެވެ.
ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި މި އަހަރުގެ ރަމަޟާން މަހުގެ ދުވަސްތަކާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީވެސް ހެނދުނު 9:00 ން މެންދުރުފަހު 1:00 އަށް ކަމަށް ވަނީ ރައީސް އޮފީހުން ނިންމަވާފަ އެވެ.
ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 ން މެންދުރުފަހު 1:00 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސަވައި، 2022 މާރިޗު 6 ގައި އެކަމާބެހޭ ދެންނެވުމެއް ވަނީ ނެރުއްވާފަ އެވެ.
އެހެންކަމުން، މި އަހަރުގެ ރަމަޟާންމަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ކުރިއެކޭވެސް އެއްގޮތަށް ހެނދުނު 9:00 ން މެންދުރުފަހު 1:00 އަށް ކަމުގައި ރައީސް އޮފީހުން ވަނީ ދަންނަވާފަ އެވެ. އަދި އެ ދުވަސްތަކުގައި އެ ވަގުތަށް ފައްތައިގެން މަސައްކަތްތައް ރޭވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވެސް ރައީސް އޮފީހުގެ އެ ދެންނެވުމުން ވަނީ އަންގަވާފަ އެވެ.









