Search Streamline Icon: https://streamlinehq.com

އެއްވެސް ވަރަކަށް މާލެއަށް ކުނި ނޭޅުމަށް އަޒުމް ކަނޑައަޅަންޖެހޭ: އާޒިމް

Big jh6jUzq54QYB0dOd5qXBt3Oai

މާލެސިޓީއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި އެއްވެސް ވަރަކަށް މާލެއަށް ކުނި ނޭޅުމަށް އަޒުމް ކަނޑައަޅަންޖެހޭކަމަށް މާލޭގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ރައްޔިތުންގެ ބައްދަލުވުމުގައި މޭޔަރު އާޒިމް ވިދާޅުވީ މާލެސިޓީއަކީ އުޅޭހިތްވާ ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށާއި އެގޮތުން އެންމެ މުހިންމުކަމެއް ދޭނަ ޖެހޭ ކަމަކީ މާލެއަށް ކުނި ނޭޅުމަށް އަޒުމު ކުރުނަކަމަށެވެ.

އާޒިން ވިދާޅުވީ މާލެސިޓީ އަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތް އަދިވެސް ކާމިޔާބުވެފައިނުވާކަމަށާއި މިމަސައްކަތް ކުރުމަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

އަދި މާލެސިޓީ ހިތްފަސޭހަ ތަނަކަށް ހެސުމަށް ކުރާ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި، ނަމަވެސް ގަދަބާރުން އެއްވެސް ކަމެއް ހައްލެއް ނުވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ އެއްވެސް ވަރަކަށް މާލެއަށް ކުނި ނޭޅުމަށް ކޮންމެ ބޭފުޅަކުވެސް އަޒުމް ކަނޑައަޅަންޖެހޭ ކަމަށާއި، ކުނި ޑަސްބިން ނޫންތަނަކަށް ކުނި އަޅާނަމަ އެކަމުގެ އުނދަގޫ އެންމެންނަށް ވެސް ފީރާނެކަން ދަންނަންޖެހޭ ކަމަށެވެ.

އަދި އެނަމޫނާ ބޮޑެތި މީހުންގެ ފަރާތުން ކުޑަ ކުދިންނަށް ފެންނަ ނަމަ ކުދިން ވެސް މާލޭގެ މަގުތަކަށް ކުނި ނާޅާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އަދި މާލެސިޓީގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ވެސް މަގުމައްޗަށް ކުނި އަޅާ ބިދޭސީންނަށް ނަސޭހަތްތެރިވާންޖެހޭ ކަމަށާއި އެކަން ހުރިހާ ރައްޔިތުން އެކުވެ، މަނާކުރާނަމަ އެމައްސަލައަށް ހައްލު ލިބޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *