އަސާސީ ކާބޯތަކެތި އަގުބޮޑުވިޔަ ނުދިނުމަށް އެސްޓީއޯ މެދުވެރިކޮށް މިހާރު ވެސް މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް ކާބޯތަކެތި އަގުހެޔޮކުރުމަށްޓަކައި އިތުރު މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އާންމުން ކުރާ ސުވާތަކަށް ޖަވާބު ދެއްވަން ކުރިއަށް ގެންދަވާ ”ރައީސް ޖަވާބު“ ގައި. މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ އަސާސީ ކާބޯތަކެތި އަގުބޮޑުވިޔަ ނުދިނުމަށް އެސްޓީއޯ މެދުވެރިކޮށް މިހާރު ވެސް މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ކާބޯތަކެތި އަގުހެޔޮކުރުމަށްޓަކައި އިތުރު މަސައްކަތް ކުރައްވާނެ ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރޯދަމަސް ފެށިގެން ދާއިރު، އެންމެ އަސާސީ ހުރިހާ ބާވަތެއް އެސްޓީއޯ މެދުވެރިކޮށް ގެނެވި، އަގުހެޔޮކުރުމުގެ މަސައްކަތް މިހާރު ވެސް ކުރެވެމުން އެބަދާކަމަށާއި މިހާ ރުވެސް އަގުހެޔޮކޮށް ވިއްކަން ފަށާފައިވާކަމަށެވެ. އަދިވެސް ކާބޯތަކެތި އަގުހެޔޮކުރުމަށް އިތުރަށް މަސައްކަތް ކުރައްވާނޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
”ރޯދަމަސް ފެށިގެންދާ އިރު އެންމެ އަސާސީ ހުރިހާ ބާވަތެއް އެސްޓީއޯ މެދުވެރިކޮށް ގެނެވި، އަގުހެޔޮކުރުމުގެ މަސައްކަތް މިހާރު ކުރެވެމުން އެބަދޭ. މިހާ ރުވެސް އަގުހެޔޮކޮށް ވިއްކަން ފަށާފަ ވަނީ،“ ރައީސް ވިދާޅުވި އެވެ. ”އަދިވެސް އިތުރު މަސައްކަތްތައް ކުރާނަން ކާބޯތަކެތީގެ އަގުހެޔޮކުރުމަށްޓަކައި.“.
ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތްތަކެއްގެ ކާބޯތަކެތި ރާއްޖޭގެ އުފެއްދޭނެ ނިޒާމެއް ގާއިމްކޮށް ފުޑް ސެކިއުރިޓީ ޔަގީން ކުރުމެވެ. ރައީސް ވިދާޅުވީ ކާބޯތަކެތީގެ އަގުހެޔޮ ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އިސްކަމެއް ވެސް ދޭ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވި ފަދައިން އެސްޓީއޯ އިން މިހާރުވެސް ވަނީ ރޯދަ އަށް ގެނައި ފިޔާ ޝިޕްމަންޓުން މިހާރު ކުރިން 20ރ. އަށް ވިއްކަމުން ފިޔާ ކިލޯއެއްގެ 17ރ. އަށް ކުޑަކޮށްފަ އެވެ. އަދި އެ ކުންފުނިން މިހާރު އަންނަނީ އަގުހެޔޮކޮށް ލުނބޯ ވެސް ވިއްކަމުންނެވެ.









